މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު އިންފްލުއެންޒާ ޖެހުނު މީހުންގެ އަދަދު ފަސް ގުނަ އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު ވަނީ މި އަހަރުގެ އޭޕްރިލް 6 އިން މެއި 17 އާ ހަމައަށް ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފާސްހިސާބު އާންމުކޮށްފަ އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި، މި ދުވަސްވަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރާ އަދަދު ވަނީ މިދިޔަ އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު އިތުރުވެފަ އެވެ. އެގޮތުން މިހާރު ފެތުރެމުންދާ އަރިދަފުސް ރޯގާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓް ކުރަމުން ދަނީ އިންފްލުއެންޒާ އަދި ކޮވިޑް-19 ކަމަށް ބުންޏެވެ.
ތަފާސްހިސާބު ދައްކާ ގޮތުން މިދިޔަ އަހަރުގެ މި ދުވަސްވަރު އިންފްލުއެންޒާ ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 50 މީހެކެވެ. ނަމަވެސް މި ދުވަސްވަރު އެ އަދަދު ވަނީ ފަސް ގުނަ އިތުރުވެ، 254 އަށް އަރައިފަ އެވެ.
ކޮވިޑަށް ބަލާއިރު މިދިޔަ އަހަރާ އަޅައި ބަލާއިރު މާބޮޑު އިތުރުވުމެއް ނުފެނެ އެވެ. ތަފާސްހިސާބު ދައްކާ ގޮތުން މިދިޔަ އަހަރުގެ މި ދުވަސްވަރު ފެނުނީ ކޮވިޑްގެ 38 ކޭސް އެވެ. މި ދުވަސްވަރު ފެނިފައިވަނީ 37 ކޭސް އެވެ.
އެޗްޕީއޭ އިން ބުނީ، މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރާ އަދަދު އިތުރުވެފައިވީ ނަމަވެސް ކޮވިޑް އަދި އިންފްލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ މާލެ ސަރަހައްދުން ކަމަށެވެ.




1 Comment
ގުޅުންހުރި
މާލޭގެ ގެއެއް ބަލައި ފާސްކޮށް، ޑްރަގާއެކު ބަޔަކު ހައްޔަރުކޮށްފި
މާލޭ ސަރަހައްދުގެ ވައި ނުސާފުވެ، ރަތް އެލާޓުގައި
މާލީ ދާއިރާ ތަރައްގީކުރުމުގެ ހަރަކާތްތައް އިފްތިތާހުކޮށްފި
މެދުއިރުމަތީގެ އެންމެ ބޮޑު އެއާލައިން، އެމިރޭޓްސްގެ ހުރިހާ ހިދުމަތެއް ޓާމިނަލް 1
ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ
ދިގު މުއްދަތަކަށް ”ވާނުވާ“ގައި ތިބި މީހުންގެ މައްސަލަ މާޗް މަހުގެ ނިޔަލަށް