މޫނު ބުރުގާ އަޅައިގެން ފިހާރައަކަށް ވަދެ އޮމެގާ ބްރޭންޑުގެ 67،500 ރުފިޔާގެ ގަޑިއެއް ވަގަށް ނެގި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ވައްކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ، އަބުލައީގެ، މުހައްމަދު ސިމާދު (47އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.
އޭނާގެ ބަންދު މަޖިލީހުގައި ފުލުހުން ބުނީ އޭނާ އެ ގަޑި ނަގާފައިވަނީ އިތުރު ތިން މީހަކާ ގުޅިގެން ކަމަށެވެ. ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ވަގަށް ނެގި ގަޑި އަދި ފެނިފައި ނުވާ ކަމަށާއި ނަމަވެސް އެ ގަޑި އެހެން މީހަަކަަށް ވިއްކާލާފައިވާ ކަމަށް ބެލެވޭ ކަމަށް ބުންޏެވެ.
ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކާ ވެދާނެ ކަމަށް ކަނޑައަޅައި ސިމާދު ބަންދުކުރަން ކޯޓުން ނިންމި އިރު، ބަންދު އަމުރުގައިވާ ގޮތުން ސިމާދަކީ ފާއިތުވެދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ޖިނާއީ ގިނަ މައްސަލަތަކެއްގެ ހައްޔަރު/ބަންދުގެ ރިކޯޑް އޮންނަ މީހެކެވެ.
އޭގެ ތެރޭގައި މަސްތުވާތަކެތި ވިއްކުމާއި ގަތުމާއި ބޭނުން ކުރުން އަދި ކައުންޓާފީޓް ފައިސާ ގެންގުޅުމާއި ސައިކަލުތައް ވަގަށް ނެގުން ހިމެނޭއިރު މީގެ ކުރިންވެސް އަންހެން ފޭރާން އަޅައިގެން ސިފަ ބަދަލުކޮށްގެން ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ރިކޯޑުވެސް އޭނާގެ އޮވެ އެވެ.

ގުޅުންހުރި
ފޭކު ސްލިޕު ފޮނުވައިގެން ޒައިދާންއާއި އޭނާގެ އަންހެނުން ހައްޔަރުކޮށްފި
މާލޭ ގެއެއްގެ ދެވަނަ ބުރިން އަންހެނަކު ވެއްޓި ފަރުވާދެނީ
އެކްސިޑެންޓެއްވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި
ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ވަޅުލައިފައި ހުއްޓާ ހޯދައިފި
މަޖިލީހުގެ 65 މެންބަރަކާއި ސިފައިންނާއި ފުލުހުންގެ 80 ޕަސެންޓް ޖެމްކިއު ބޭނުންކުރޭ:
ރައުދު ރާއްޖެއިން ބޭރަށް ފުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި