ރައީސް އޮފީސް ---

އީދަށް އިތުރު ދުވަހެއް ބަންދެއް ނުކުރާނެ: ސަރުކާރު

މި އަހަރުގެ ބޮޑު އީދުގެ މުނާސަބަތުގައި އިތުރު ދުވަސްތަކެއް ބަންދު ނުކުރާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

މީލާދީ ކަރަންޑަރުގައިވާ ގޮތުން ހައްޖު ދުވަސް ވަނީ އަންނަ މަހު 5ވާ ބުރާސްފަތި ދުވަހަށެވެ. އަދި އެ ދުވަހަކީ ހަައްޖު ދުވަސް ކަމަށް ސައުދީ އަރަބިއްޔާ އިން އިއްޔެ ވަނީ ކަނޑައަޅައިފަ އެވެ.

އާންމުކޮށް މުޅި ހަފްތާ އީދަށް ބަންދު ކުރެ އެވެ. ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައްޖު ދުވަހާއި އަލްހާ އީދާ ގުޅިގެން ބަންދުވާނީ މިހާރު ވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް އެކަނި ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން އީދަށް ސަރުކާރު ބަންދު ވަނީ ޖޫން 5 އިން 9 ޖޫންވާ ހޯމަ ދުވަހުގެ ނިޔަލަށެވެ. އެހެންވެ، އެ ހަފްތާގެ އަންގާރައިގައި ސަރުކާރުގެ އޮފީސްތައް ހުޅުވާނެ އެވެ. އެހެންކަމުން ހަފުތާ ބަންދު ނުލާ ސަރުކާރު ބަންދު ކުރާނީ ތިން ދުވަހަށެވެ.