ތ. ކަނޑޫދޫ ސްކޫލުގެ ދަރިވަރެއްގެ އިނގިއްޔެއް ބިންދާލި މައްސަލައިގައި އެކަން ކުރި ކަމަށް ތުހުމަތުވާ ބިދޭސީ ޓީޗަރު ހައްޔަރުކުރުމަށްފަހު ދޫކޮށްލައިފި އެވެ.
ކަނޑޫދޫ ސްކޫލުގެ ދަރުވަރެއްގެ އިނގިލީގައި އެ ސްކޫލުގެ ބިދޭސީ ޓީޗަރަކު ހިފައި އަނބުރާލައި ހުޅު ނައްޓާލައިފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ މިދިޔަ ހޯމަ ދުވަހު އެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލައިގެ ތުހުމަތު ކުރެވޭ އިންޑިއާ ޓީޗަރު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ފަހުން ފުލުހުން މިއަދު ބުނީ އެ ބިދޭސީ ޓީޗަރު އިއްޔެގެ ވަގުތެއްގައި ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

ގުޅުންހުރި
އާބާދީ ކުޑަޔަސް، ބްލޮކް ގްރާންޓުގެ ފައިސާ އިތުރުކޮށްދޭން ނިންމައިފި
އަންހެނުންގެ ކޮމިޓީތަކަށް ދޭ ބަޖެޓް ދެ ގުނަ ބޮޑުކުރަން ރައީސް ނިންމަވައިފި
ގެއްލިގެން ހޯދަމުންދިޔަ ޒުވާނީ ހުރީ ރަށެއްގައި: ފުލުހުން
ފުރޮޅާލި ޕިކަޕް ބާރު ސްޕީޑުގައި ދުއްވާފައިވާތީ ފިޔަވަޅު އަޅައިފިން: ފުލުހުން
އަންހެނުންނަށް ހަމަހަމަކަން ލިބިގެން ދިޔައީ އިސްލާމްދީން ބާވައިލެއްވި ހިސާބުން: ހުތުބާ
އައްޑޫގައި މަސްވެރިކަމުގެ ލޮޖިސްޓިކް ހަބެއް ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކަށް