ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ނުވަތަ ވާނުވާ ބަންދުގައި ތިބި ދެ މީހެއްގެ ފައިގައި ޓެގު އެޅުވުމަށްފަހު ންދުން ދޫކޮށްލާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
ވާނުވާގައި ތިބި މީހުން ޓެގު އެޅުވުމަށްފަހު އެ މީހުންގެ ބަންދަށް ލުޔެއް ހޯދައިދެވޭތޯ ބަލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާއިރު، އެ މަސައްކަތް އިއްޔެ ރަސްމީކޮށް ފަށާފައިވާކަން އެ މަނިކުފާނު އިއްޔެ ވަނީ އިއުލާން ކުރައްވައިފަ އެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައަޅަމުން ގެންދަނީ އެ މީހުން މޮނިޓާ ކުރެވޭ ގޮތަށް މުޖުތަމައު ތެރެއަށް ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ފުލުހުން ތައްޔާރުކުރާ އެސެސްމަންޓަށް ރިއާޔަތްކޮށްގެން ކަމަށާއި އެސެސްމަންޓުތައް ލިބެމުންދާ ވަރަކުން، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.
”އެގޮތުން އިއްޔެ 28 މޭ 2025 ގެ ނިޔަލަށް، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި 2 (ދޭއް) މީހެއްގެ ބަންދަށް، މޮނިޓަރިންގ ނިޒާމުގެ ތެރެއިން ލުއިދީފައިވާނެއެވެ. އަދި އިތުރު 5 (ފަހެއް) މީހެއްގެ ބަންދަން ލުއި ދިނުމާ ގުޅޭ އަޑުއެހުންތައް މިއަދު، 29 މޭ 2025 ގައި ކޯޓުތަކުގައި ކުރިއަށްދާނެއެވެ،،“ ޕީޖީ އޮފީހުން ބުންޏެވެ.
ޓެގް އެޅުވުމަށްފަހު ވެސް ބަންދުން ދޫކުރާ މީހުންގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގެ ތުހުމަތުވާ މީހުން ނުހިމެނޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި އެ މީހުންނަށް ލުއި ދިނުމަށް ހަމަޖެހިފައިނުވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ ރިމާންޑު ޖަލުތަކުގެ ޖާގައަށްވުރެ އިތުރަށް މީހުން ބަންދުކޮށްފައި ތިބި އިރު، ވާނުވާ ބަންދުގައި ތިބި މީހުން ދޫކޮށްލުމުގެ މަސައްކަތުގެ ތެރެއިން ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް ލިބި، ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ދެކޭ ކަމަށެވެ.

1 Comment
ގުޅުންހުރި
ފިރިހެނަކު މޫނުބުރުގާ އަޅައިގެން ފިހާރައަކަށް ވަދެ 67،500ރ. ގެ ގަޑިއެއް ވަގަށް
ރައުދު ދޫކޮށްލަން އެދުނީ އަދަބަށްވުރެ ބަންދުގެ މުއްދަތު އިތުރުވުމުން: ޕީޖީ
ކާ އެއްޗިއްސަށް އޯޑަރު ކުރުމަށްފަހު ފޭކް ސްލިޕް ފޮނުވާ މީހަކު ހައްޔަރަށް
ރައުދުގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފި
ފޭކު ވިސާގައި ބިދޭސީން ގެނެސް މަނީ ލޯންޑާ ކުރަމުންދިޔަ ބިދޭސީއެއް، އެކައުންޓުގައި
މާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގައިފި