މެއި 31, 2025

ކުރީ ސަރުކާރުން ދިން ފުލެޓުތައް އަތުލެވޭނީ ކޯޓަށް ގޮސްގެން: ފަހި ޔޫނިއަން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ލިބުނު 4،000 މީހުންގެ ލިސްޓު އާންމުކޮށްފައި ވަނިކޮށް، އާ ލިސްޓަކަށް ފުލެޓް ދެވޭނީ ކޯޓު މެދުވެރިކޮށް ކަމަށް ފަހި ޔޫނިއަނުން ބުނެފި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ލިބުނު މީހުންގެ ލިސްޓު އެ ސަރުކާރުން އާންމުކުރުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުން ފާޅުކޮށް ހައުސިން މިނިސްޓްރީއަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލަ ހުށަހަޅައިފަ އެވެ. އެފަހުން މި ސަރުކާރުން އައިސް ވަނީ ފެބްރުއަރީ މަހުގެ ތެރޭގައި އާ ލިސްޓެއް ނެރެފަ އެވެ. އެއާއެކު ކުރީގެ ލިސްޓުގައި ފުލެޓަށް ޝަރުތު ހަމަވާ ގިނަބަޔަކު ވަނީ ފަހުން ނެރުނު ލިސްޓުގައި އެ މީހުންނަށް ފުލެޓް ލިބެން ޝަރުތު ހަމަނުވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ގޯއްޗާއި ފުލެޓް ކަންކަމުގައި ވަކާލާތު ކުރާ ފަހި ޖަމިއްޔާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ ކުރީގެ ލިސްޓުގައި ތިބި މީހުން، ފަހުން ނެރުނު ލިސްޓުގައި ޝަރުތު ހަމަނުވާ ކަމަށް ކަނޑައެެޅީ ކުރީ ސަރުކާރުން ފުލެޓް ދިނުމަށް ހެދި އުސޫލު ބަދަލުކުރުމަށްފަހު ކަމަށެވެ. އެ އުސޫލު ބަދަލު ނުކުރާނެ ކަމަށް މި ސަރުކާރުން ކުރިން ބުނެފައިވާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

”މި މުއާމަލާތަކީ ހަގީގަތުގައި ނިމިފައި އޮތް މުއާމަލާތެއް. 4000 ފުލެޓު އެވަނީ 4000 މީހުންނާ ހަވާލުކޮށް ނިމިފައި. އެއީ އުސޫލުގައި ބުނާގޮތުން އެގްރީމެންޓް ވެވޭ ހިސާބުން ފުލެޓު އެއޮތީ ހަވާލުކުރެވިފައި.“ އަލީ ހުސެއިން ވިދާޅުވި އެވެ.

”އެހެންވީމާ ގާނޫނީ ގޮތުން އެ ފުލެޓު ހައްގުވާ ފަރާތާ ހަވާލުކުރުމަށް ފަހު އެ ފުލެޓު އަނބުރާ ސަރުކާރަށް އަތުލެވޭނެ ހަމައެކަނި ގޮތަކީ ކޯޓަށް ގޮސްގެން. ކޯޓުގެ ތިން މަރުހަލާ ނިންމައިގެން ނޫން ގޮތަކަށް މި ފުލެޓުތަކެއް ހަގީގަތުގައި ސަރުކާރަށް އަތެއް ނުލެވޭނެ،“

ފުލެޓް ގެއްލުނު މީހުންގެ ތެރެއިން އެ މައްސަލައިގައި ދަައުވާ ކުރަން ބޭނުންވާ މީހުންނަށް ފަހި ޔޫނިއަންގެ ފަރާތުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. ސަރުކާރުން ބޭނުންވާ އިރަށް މީގެ ކުރިން ދެ ފަރާތުން އެއްބަސްވުމެއް ހަދައި ސޮއިކޮށްފައިވާ އެއްބަސްވުމަކާ ހިލާފުވެ، ފުލެޓް އަތުނުލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ހަދާފައިވާ އެއްބަސްވުމަކާ ސަރުކާރުން ހިލާފުވުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

11 Comments

  • Ahmed Ibraahim މެއި 29, 2025

    ދެން ޔާމިނު ވެރިކަމުގަދިން ފުލެޓްއަތުލާ ބައިމީހުންނަށް ދިނީ ކޮންހައިސިއްޔަތަކުން

  • Princess Raanee Isse މެއި 29, 2025

    Choaru ibu hiyaa flat libun meehun athun flat tha athulee thibunaa 3 maruhalaa kadathukohfathow choaru kureema ok

  • Moona Moony މެއި 29, 2025

    Yaameen sarukaaruga dhin falat hoadhaanee konthaakah gosgenbaa

  • Ahmed Zaatte މެއި 29, 2025

    Drama kulheyne kame neh. mihaaru miothee vettidhaanethee birun onna sarukaare. Ehenveema 5 aharu hama kureven oegothaka dhoodheegen ekan kuraane. Ekamaku rayyathun handhaan nathaalaa haraan vaane miverikamuga flet e alhaafa bayaka libeyne nama. Evves rashegge umraanee tharaggee masakathe fashaafa ninmeyne nama. India fee iloshi bridge ves ninmeyne nama.

  • Shareefa Manike މެއި 30, 2025

    7000 flat athulee vihsaara koatah gosgen tho haggaa baathil e ee vakibayakah nisbaiyvaa baheh tho kithah meehun magumathi kohfa tho beynun bayakah 7000 flat bahaalee eyru thibunaa meehun kobai tho

  • Azy Azy މެއި 30, 2025

    އެވަރިހަމަތޯ ވަގު މަޢުލޫމާތު ހިމަނައިގެން، ވުޖޫދުގައިނެތް މީހުން ހިމަނައިގެން ހަރާމަށް ލިބިފައި ހުއްޓަސްތޯ.؟

    • Salaam Udhuhay މެއި 30, 2025

      Azy Azy dhiha flat libifa huri meeheh namaves.

  • Juway Hamyd މެއި 30, 2025

    Thelhi bala bala hulhunbu dhandhen …hiya flat thha athulee kaleymwnge verikamuga ..ehen viyya thiya kiyaa flat thha ves athuleveyne …..kaleymen hiya flat thha athulaafa MDP meehunnah behee ves athulevigeneh noon ehen veema

  • Jun Natt މެއި 30, 2025

    Komme fflette viyas dhogu mauloomaathe dheegen hoafhaifi nama e,ee goahe v bodu olhuvaalhume… hama thi gotha RY sarukaarun hiyaa ffletu tha dhee faa vani 2018 ge campin. there eyru e,mme ginain ppm party..there gugu maali Rayyithun. Thake ves himene….. dhini kon kon bayaka kan ves nenge.. lisstte ves nune rey … hama bahaali…
    hiyaa ffletu thakun olhuvaa laigen ffletu hoadhi goiy ves balan jehe…
    Rs.ibbu ge sarukaarun ves olhuvaali ffllette viyyaa hama balan jehene. Vaki sarukaare veema balaafa vaki sarukaare veema hanu hure faa kanu meehaka veema kamaku nudhaane…..
    Laamu gamu gaa bodu gedhoru hurimeehe..??
    Seedha bin mikiyani…
    Dhiri ulheni male ga hunnani ves e,mme naffse… ??
    2018 .. ppm .. campin ga dhuvaa laa reyaa…
    Mopu lee e,mmenna….. hiyyaa… tha libi gen
    e,meehun ge dhuu thakun haama ko dhin…

  • Hannan Didi Ali މެއި 30, 2025

    Ekamaku hiyaa flat thah athulaifa MDP meehun nah dhin iru coatah dhaakah nujehey. MDP in koffi nama rangalhu ehen bayaku koffi nama goas. Ajaibu hairaan vaavaru kameh

  • Ahmed Hameed މެއި 30, 2025

    Vagu sarukaarakun verikan libeythoa hamaeh lameh nethi behi thanthan athuleveyne thanakah nugosves

Leave a Reply