ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއް ގޮތަށް ބަލަން ރައީސް އަންގަވައިފި

މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެއިން މިއަދު ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

މިއަދު މެންދުރު 12:30 ހާއިރު މާލޭންނާއި ހުޅުމާލޭން ވަނީ ކަރަންޓު ކެނޑިފަ އެވެ.

އެކަމާ ގުޅިގެން ރައީސް މުއިއްޒު ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަން ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

އަދި ކަރަންޓު ކެނޑުމުގެ މައްސަލަ ތަކުރާރު ނުވާނޭހެން އެ ހިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް މި ސަރުކާރުން ކުރާނެ ކަމަށެވެ.