މުޅި މާލެ އާއި ހުޅުމާލެ އިން ކަރަންޓު ކެނޑުނު ފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
މިއަދު މެންދުރު 12:30 އެހާކަންހާއިރު ކަރަންޓު ކެނޑުނު ގޮތަށް މުޅި މާލެ އާއި ހުޅުމާލޭގެ ބޮޑު ބަޔަކަށް ކަރަންޓު ދެވުނީ ހަވަރަކަށް ގަޑިއިރު ފަހުންނެވެ.
އެކަމާ ގުޅިގެން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށާއި ކަރަންޓު އަލުން ދިނުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުންނާއި އެކި ގޮތް ގޮތުން އެހީތެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.
”މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް މި ކުންފުނިން އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،“ ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވަނީ ކަރަންޓު ނެތި ރައްޔިތުންނަށް ކުރިމަތިވި އުނދަގޫތަކަށް މައާފަށްވެސް އެދިވަޑައިގެންފަ އެވެ. އަދި ބްލެކްއައުޓަކަށް ދިއުމަށް މެދުވެރިވި ސަބަބު ދެނެގަނެ، އެކަމާ ގުޅުން ހުރި މައުލޫމާތު ފަހުން އާންމުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
މާލެ ސަރަހައްދުން މިއަދު ގިނަ އިރުތަކެއް ވަންދެން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފައެވެ. އެކަމުގެ ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށައިފައެވެ.


 
					

1 Comment
ގުޅުންހުރި
ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ހުޅުވައިފި
ސްލްކޯއިން ތުލުސްދޫގައި ގާއިމުކުރި ފެނުގެ ނިޒާމު އިފްތިތާހުކޮށްފި
ސްޓެލްކޯ އިން ދިއްފުށީގައި ހެދި އިންޖީނުގެ ހުޅުވައިފި
ސްޓެލްކޯގެ ސްކިލްސް އެކަޑަމީގައި އެމްއެންޔޫގެ ކޯސްތައް ފަށަން ތައްޔާރުވެއްޖެ
ސްޓެލްކޯއަށް ޚިދްމަތް ކުރުމަށް ފަހު ރިޓަޔާކުރި ދެ މުވައްޒަފެއްގެ އަގުވަޒަންކޮށްފި
4000 ފްލެޓަށް ކަރަންޓުގެ ޚިދްމަތް ފޯރުކޮށްދޭން ފަށައިފި