ބަންޑާރަކޮށި ތެރޭގައި މީހަކު ދަންޖެހިގެން މަރުވެއްޖެ އެވެ.
’ހަފްތާ‘ އަށް އެނގިފައިވާ ގޮތުގައި ދަންޖެހިގެން މަރުވެފައި ހުރީ މަރުވެފައި ހުރީ ސާޖަންޓް އިބްރާހިމް އިނާޒު، 35އ. އެވެ. އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ ބަންޑާރަކޮށީގެ ފާހާނައެއްގެ ތެރޭގަ އެވެ.
މިއީ ސިފައިންގެ މަރުކަޒެއްގެ ތެރޭގައި މީހަކު އަމިއްލައަށް މަރުވި ފުރަތަމަ ފަހަރު ކަމަށްވެ އެވެ. ނަމަވެސް އޭނާ އަމިއްލައަށް މަރުވި ސަބަބެއް ނޭނގެ އެވެ.
މިކަމާ ގުޅިގެން ސިފައިންގެ ރަސްމީ ބަހެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ފުލުހުން ވަނީ ބަންޑާރަ ކޮށީގައި މިރޭ މީހަކު މަރުވެފައިވާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.



