އަލްހާ އީދު ދުވަހު ހަވީރު މާލެއާއި ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ 13 ޖޫން 2024 ވީ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާއިން ވަނީ، ކޮންމެ އަހަރެއްގެ ވެސް ފިތުރު އީދު އަދި އަލްހާ އީދު މި ދެ ދުވަސް އެހެން ގޮތަކަށް ނިންމާފައި ނުވާކަމުގައިވާ ނަމަ މާލޭގައި ވެހިކަލް ނުދުއްވާ ވަގުތެއްގެ ގޮތުގައި ހަވީރު 16:00 އިން 18:00 އަށް ހަމަޖެއްސުމަށް ނިންމާފައި ކަމަށެވެ.
”މި ނިންމުމާއި ގުޅިގެން 1446 ވަނަ އަހަރުގެ އަލްހާ އީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން އީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ގްރޭޓާ މާލޭގެ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ މަގުތަކެއްގެ ގޮތުގައި ވަނީ ނިންމާފަ އެވެ.“ ސިޓީ ކައުންސިލުން ބުންޏެވެ.
އެ ގަޑީގައި އެމެޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާ ތައިސޭކޮށިން ހުކުރު ދުވަހުގެ ހެނދުނު 08:30 އިން 10:30 އަށް އަދި މެންދުރުފަހު 14:00އިން 15:45 އަށް ލިބެން ހުންނާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އެހެންކަމުން ގްރޭޓާ މާލޭ އޭރިއާގެ މަގުތަކުގައި މަތީގައި އީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެއްކަމުގައި އާންމުކޮށް އަންގާ އިޢުލާންކުރާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އަދި މި އެންގުމާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.




ގުޅުންހުރި
މާލޭ މަގުތަކުން ވިިއްކާފައިވާ ޕާކިން ސްލޮޓްތައް އުވާލައި، އެ ތަންތަން އާންމުންނަށް
މިދިޔަ 7 ދުވަސްތެރޭ 46 އެކްސިޑެންޓް، 3 މީހަކަށް ސީރިއަސް އަނިޔާ
މައްޗަންގޮޅިގެ ސަރަހައްދަކުން މާދަމާ ކަރަންޓް ކެނޑިދާނެ
މާލޭ މަސްމާރުކޭޓުގެ އިމާރާތުގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވަނީ
އިމާރާތެއްގެ ބައިތަކެއް ވެއްޓި ހަތަރު އުނޅަދަކަށް ބޮޑެތި ގެއްލުންތަކެއް
ހުކުރު ދުވަސްތަކުގެ ހެނދުނު ބައެއް މަގުތަކުގައި އުޅަނދު ނުދުއްވޭ ގޮތް ހަދަނީ