މިދިޔަ ހަފުތާ ތެރޭގައި ސްކޭމް މައްސަލަތަކުގައި 673،000 އަށްވުރެ ގިނަ ރުފިޔާ ފޭރިގަނެފައިވާ ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފި އެވެ.
އެންޓި ސްކޭމް ސެންޓަރުން މިއަދު ބުނީ، މެއި 27 އިން ޖޫން 2 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 35 މައްސަލައެއް ހުށަހެޅި ކަމަށާއި އެ ސްކޭމްތަކުން ޖުމުލަ 673،402 ރުފިޔާ 60 ލާރި ގެއްލުނު ކަމަށެވެ.
ފުލުހުން ބުނީ، ގެއްލުނު ފައިސާގެ ތެރެއިން 142،851 ރުފިޔާ 90 ލާރި އަނބުރާ ހޯދައިދެވުނު ކަމަށެވެ. އެއީ ސްކޭމަރުން ފޭރިގަތް ފައިސާގެ ތެރެއިން 16 ޕަސެންޓް ފައިސާ އެވެ.
މިދިޔަ ހަފުތާގެ ތެރޭގައި އެންމެ ގިނައިން ހުށަހެޅި ސްކޭމްގެ މައްސަލަތައް:
- އީ-ކޮމާސް ސްކޭމްގެ 18 މައްސަލަ
- ބޭރު ފައިސާ މާރުކުރުމުގެ 8 މައްސަލަ
- ވިޝިން ސްކޭމްގެ 5 މައްސަލަ
- ފިޝިން ލިންކް ބޭނުންކޮށްގެން ހިންގާފައިވާ ސްކޭމްގެ 2 މައްސަލަ
ފުލުހުން ބުނި ގޮތުގައި ސްކޭމަރުން އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޭސްބުކް މާކެޓް ޕްލޭސް އިންނެވެ. އެގޮތުން އެފަދަ 15 މައްސަލައެއް ހުށަހެޅި އިރު، ވައިބާ މެދުވެރިކޮށް 6 ސްކޭމް، ފޯން ކޯލް މެދުވެރިކޮށް 5 ސްކޭމް، ވަޓްސްއެޕް މެދުވެރިކޮށް 3 ސްކޭމް އަދި ފޭސްބުކް/ މެސެންޖާ/ ޓެލެގްރާމް/ އިންސްޓަގްރާމް އަދި ސްނެޕްޗެޓް ބޭނުންކޮށްގެން 1 ސްކޭމް ހިންގާފައިވާ ކަމަށް ބުންޏެވެ.




ގުޅުންހުރި
64 އަހަރުގެ ލޯބިވެރިޔާގެ ބުރަކައްޓަށް ވަޅިން ހަމަލާދިން 32 އަހަރުގެ މީހާ
މާރާމާރީ ހިންގި ފުލުސް މީހާ ބުނީ ނުނިދާ ހުރުމުން ހުރީ ހަމައިގައި
ވޭޕް ވިއްކަމުންދިޔަ ބަޔަކު ހޯދައި، ވޭޕް ވިއްކަން ބޭނުންކުރާ ފޭސްބުކް ޕޭޖެއް
ހުޅުމާލޭ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ދުވަސްވީ އުޅަނދުތައް ޓޯކުރަން
ހައްޔަރުނުކޮށް ދޫކޮށްލި ސަނީ އުމަރު ހައްޔަރުކޮށްފި، ހައްޔަރުކުރީ ފުރައިގެންދާން އުޅެނިކޮށް އެއާޕޯޓުން!
ހަށި ވިއްކަން ތިބި ބަޔަކު އަނެއްކާވެސް ހައްޔަރުކޮށްފި، ގިނަ އަދަދެއްގެ ޑޮލަރުވެސް