ދައުލަތުގެ މިނިސްޓްރީތަކާއި މުއައްސަސާތައް އަދި ކުންފުނިތައް ގުޅިގެން ގައުމީ ފެންވަރުގައި މާލެ ސަރަހައްދުގައި އަޟްހާ އީދު ފާހަގަކުރަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ހަރަކާތްތައް އިންތިޒާމުކުރާ އެމްއެންޑީއެފުން ބުނީ، ”އީދުހަވީރު 1446″ގެ ނަމުގައި ބާއްވާ ހަރަކާތްތައް އީދު ދުވަސް ކަމަށްވާ ހުކުރު ދުވަހުން ފެށިގެން ތިން ދުވަސް ވާންދެން ކުރިއަށް ގެންދާނެ ކަމަށެވެ. ހަރަކާތްތައް ބާއްވަން ނިންމާފައިވަނީ މާލޭގެ ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކު އަދި ހުޅުމާލެ ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގަ އެވެ.
ހަރަކާތްތައް ކުރިއަށްދާނީ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8:30 ފެށިގެންނެވެ.
އެމްއެންޑީއެފުން ބުނީ، ހަރަކާތްތައް އިންތިޒާމުކޮށްފައި ވަނީ ސްޓޯލްތަކުން ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނޭ ގޮތަށް، އަދި އެކި އުމުރުފުރާގެ ކުދިންނާއި މީހުންވެސް ޝައުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ހިމަނައިގެން ކަމަށެވެ.
އެގޮތުން އެ ހަރަކާތްތަކުގައި ރާއްޖޭގެ އިހުގެ ސަގާފަތާއި އިހުގައި ދިވެހީން ކުޅެ އުޅުނު ކުޅިވަރުތައް ސްޓޯލްތަކުން ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށާއި ޒަމާނީ ކެރެކްޓާތައް ފިއުޝަން ގޮތަށް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި، މިނިސްޓްރީތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމުތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން އަދި ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ކަންކަން ހިމަނައިގެން ކަމަށް ސިފައިން ބުންޏެވެ.
އީދުހަވީރުގައި، އެމްއެންޑީއެފްގެ ފަރާތުންވެސް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ. އޭގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކިކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީ ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދީ ބޭންޑުގެ ހަރަކާތްތައް ކުރިއަށްގެންދަން ވަނީ ނިންމައިފަ އެވެ.
އަދި ފޯމްބާތް ޕޫލަކާއި ފެންކުޅީގެ އެކި ހަރަކާތްތައް ވެސް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.




ގުޅުންހުރި
ހުޅުމާލޭ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ދުވަސްވީ އުޅަނދުތައް ޓޯކުރަން
ހަށި ވިއްކަން ތިބި ބަޔަކު އަނެއްކާވެސް ހައްޔަރުކޮށްފި، ގިނަ އަދަދެއްގެ ޑޮލަރުވެސް
ގެއްލުނު ކުއްޖާ ދެ ދުވަސްފަހުން އަމިއްލައަށް ގެއަށް، ހާލު ރަނގަޅު
ހުޅުމާލެއިން އަންހެން ކުއްޖަކު ގެއްލިގެން ހޯދާތާ ދެ ދުވަސް
ހުޅުމާލެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ހައްޖު ކޯޕަރޭޝަނުން އަނެއްކާވެސް ބިމެއް ގަނެފި, ދޮޅު އަހަރުތެރޭ ގަތް 3