އެ މަނިކުފާނުގެ ދުއާއަކީ ދިވެހިންގެ ހިތްތަކުގައި އެއްބައެއްވަންތަކަން އާލާކުރެވި އެކުވެރިކަމާއި އުހުއްވަތްތެރިކަން ބަދަހިވެގެން ދިއުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ، ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއާ އަށް ވަޑައިގެން ހުންނަވާ ރައީސް އޮފީސް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
ހައްޖު ދުވަހުގެ ހެޔޮ ދުއާއާއި ތަހުނިޔާ ދިވެހިންނަށް ފޮނުއްވައި ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ދުއާއަކީ މި ބަރަކާތްތެރި ހައްޖު ދުވަހުގެ ހެޔޮ ދަރުމައާއި ސަވާބު ހުރިހާ ދިވެހިންނަށް މިންވަރު ކުރެއްވުން ކަމަށެވެ.



