ސައުދީ އަރަބިއާގެ މަޝްހޫރު ޕްރޮފެސަރެއް ކަމަށްވާ ޑރ. އަބްދުލް މާލިކް ގާދީގެ ގަޔަށް ވަޅި ހަރައި މަރާލައިފި އެވެ.
ސައުދީ ފުލުހުންގެ ތަރުޖަމާނާ ހަވާލާދީ ސައުދީ ގެޒެޓު ނޫހުގައި ބުނެފައިވަނީ ޑރ. ގާދީއަށް ހަމަލާ ދިނީ ސައުދީގެ އިރުމަތީ ޕްރޮވިންސްގައި އޮންނަ ދަހްރާން ސިޓީގައި ހުންނަ ޕްރޮފެސަރު ދިރިއުޅޭ ގެއަށް ވަންކަން ކުރަން ވަން މީހެއް ކަމަށެވެ.
އެ މީހާ ޑރ. ގާދީގެ އަންހެނުންގެ ހަށިގަނޑުގެ އެތައް ތަނަކަށް ވެސް ވަޅި ހެރި އެވެ. ހަމަލާގައި އަންހެނުންގެ ހާލު ކްރިޓިކަލްވެ ފަރުވާ ދެމުންދަނީ ދަހްރާން ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ.
ޕްރޮފެސަރަށް ހަމަލާ ދިން މައްސަލައިގައި ސައުދީ ފުލުހުން ވަނީ މިސްރަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެ މީހާއަށް ދައުވާ ކުރުމަށް މިހާރު ވަނީ ޕްރޮސިކިޝަނަށް ފޮނުވައިފަ އެވެ.
ގިނަ ބައެއްގެ އިހުތިރާމާއި ލޯބި ލިބިފައިވާ ޑރ. ގާދީއަކީ ކިންގް ފަހުދް ޔުނިވާސިޓީ އޮފް ޕްޓްރޯލިއަމް އެންޑް މިނެރަލްސްގެ ކުރީގެ ޕްރޮފެސަރެކެވެ. އޭނާއަކީ މަޝްހޫރު ލިޔުންތެރިއެއްވެސް މެ އެވެ. އޭނާ ލިޔުއްވާފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި ’ދަ އެންސައިކްލޮޕީޑިއާ އޮފް ޕްރޮފެޓިކް ހަދީޡް“ އަދި ”އޮތާސް އޮފް ދަ ސުންނަތް އެންޑް ޕްރޮފެޓިކް ބަޔޮގްރަފީ“ ހިމެނެ އެވެ.
ޑރ. ގާދީގެ ކަށުނަމާދުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ކަމަށް ސައުދީގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ.




ގުޅުންހުރި
ތޫފާނުގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 193 އަށް, 200
ލަންކާގެ މުސްކުޅިންގެ ސެންޓަރަކުން 11 މަރު, އެންމެން މަރުވީ ފެންބޮޑުވެ ނުނިކުމެވި
ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި
އެމެރިކާ އިން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަން ފަށަން ޓްރަމްޕް އަމުރުކޮށްފި
އިޒްރޭލުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ, ކޮންޓްރޯލް ނުވެ މިހާތަނަށް އަށް ކުދިން
ވެރިކަމުން ދުރުކުރި މަޑަގަސްކަރައިގެ ރައީސްގެ ރައްޔިތުކަން އަތުލައިފި