ޕޮލިސް ކޮމިޝަނަރު (ސީޕީ) ގެ މަގާމަށް ކުރިމަތިލި ތިން ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރަން ޕޮލިސް ބޯޑުން ރުހުން ދިނީ މިހާރުގެ އެކްޓިން ކޮމިޝަނަރު، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީނަށްކަން އެނގިއްޖެ އެވެ.
ސީޕީގެ މަގާމަށް ކުރިމަތިލީ ތިން ބޭފުޅުންނެވެ. އެއީ ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު ޝަމީމެވެ.
’ހަފްތާ‘ އަށް އެނގިފައިވާ ގޮތުގައި އެ ބޭފުޅުންނާ އިންޓަވިއުކޮށް ދީފައިވާ މާކްސް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރީއަށް މިދިޔަ ބުދަ ދުވަހު ވަނީ ފޮނުވައިފަ އެވެ. އަދި އެ ތިން ބޭފުޅުންގެ ތެރެއިން އިންޓަވިއު އިން ފަރުހާދާއި ޝަމީމް ފެއިލް ވެފައިވާ ކަމާއި އެހެންވެ ސީޕީގެ މަގާމަށް އައްޔަން ކުރަން ޕޮލިސް ބޯޑުން ފާސްކުރީ ނަވީނެވެ.
ގާނޫނުގައިވާ ގޮތުން ސީޕީ ކަމަށް ކުރިމަތިލާ ފަރާތްތަކާ ޕޮލިސް ބޯޑުން އިންޓަވިއު ކުރުމަށްފަހު ފޮނުވާ ނަންތަކުގެ ތެރެއިން މަގާމަށް އައްޔަންކުރާ އޮފިސަރަކު ކަނޑައަޅާނީ ހޯމް މިނިސްޓަރުގެ ލަފަޔާއެކު ރައީސުލްޖުމްހުރިއްޔާ އެވެ.
ސީޕީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ސުޖާއު 26 އޭޕްރިލް 2025 ގައި އިސްތިއުފާ ދެއްވުމުންނެވެ. ސުޖާއުގެ އިސްތިއުފާއަށްފަހު ފުލުހުންގެ ހިދުމަތް ހިންގެވުން ފުރަތަމަ ހަވާލުކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާ އެވެ. ނަމަވެސް ގަޑިއިރެއްގެ ތެރޭގައި އެ ނިންމުން ބަދަލުކޮށް، ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ނަވީންއާ ހަވާލުކުރެއްވި އެވެ.

5 Comments
ގުޅުންހުރި
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ތިން މީހަކު ގެއްލިއްޖެ
72 ކިލޯގެ ޑުރަގް: ދައުލަތުން ފީ ނުދެއްކި ކަމަށް ބުނެ، އިރުފާންގެ
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: މިފްކޯ އިން މުއާޒު ސަސްޕެންޑްކޮށްފި
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް އެސްޓީއޯ އިން ބާޒާރަށް
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: އާއްޓޭގެ ބަންދަށް 15، ދިގަލީގެ ބަންދަށް
އެމްއޭސީއެލް އިންވެސް ރަސްމާލެ ހިއްކަން ފަށަނީ, މިއީ އެތަން ހިއްކަން ހަވާލުވާ