ޝައިހް ފަރީދު އަވަހާރަވެއްޖެ

ރާއްޖޭގައި އެންމެ މަގުބޫލު އެއް ދީނީ އިލްމުވެރިޔާ ޝައިހް އިބްރާހިމް ފަރީދު މިއަދުގެ ވަގުތެއްގައި އަވަހާރަވެއްޖެ އެވެ.

އެނގިފައިވާ ގޮތުން ފަރީދު އަވަހާރަވީ ހިދުމަތް ޖަމިއްޔާ އާއެކު މިއަދު މެލޭޝިއާ އަށް ވަޑައިގެން ތަނުންނެވެ. އެގޮތުން މެލޭޝިއާގެ ކުއަލަލަމްޕޫރަށް މަތިންދާބޯޓު ޖެއްސުމަށް ފަހު އެ ބޯޓުން ފޭބި ވަގުތު ޝައިހް ކުއްލި ގޮތަކަށް ވެއްޓިވަޑައިގަން ކަމަށާއި އެ ވަގުތު ސީޕީއާރު ދިން ނަމަވެސް އޭގެ ކުޑަވަގުތު ކޮޅެއް ފަހުން އަވަހާރަވީ ކަމަށް އެނގިފައިވެ އެވެ.

ޝައިހް ފަރީދަކީ އިސްލާމް ދީނަށް ދިވެހީން ހޭލުންތެރި ކުރުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ޝައިހެވެ. އަދި ރާއްޖޭގެ އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެވެ.

އޭގެ ތެރެއިން ބައެއް އެއްވުންތަކުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ޖަލުގައިވެސް ބަންދުކުރި އިރު، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުންނާއި ޓެރަރިޒަމްގެ ކުށުގެ ދައުވާ ވެސް ފަރީދުގެ މައްޗަށް އުފުފި އެވެ.