މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައޫދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ރާއްޖެ ވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ، މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވި ދިވެހި ހައްޖާޖީން ތިބޭ ހޮޓަލަށް ޒިޔާރަތްކުރައްވައި، ވަކިވަކި ހައްޖާޖީންނާ ބައްދަލު ކުރައްވައި، ހާލުއަހުވާލު އައްސަވައި، އެކި ކަންކަމާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވައިފަ އެވެ.
ދަތުރުގެ އުސްއަލިތައް:
- ސައޫދީގެ ވަލީއަހްދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދުއާ ބައްދަލުކުރެއްވި.
- ސައޫދީގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު ބިން ފައުޒާން އައްރަބީއާ ރައީސްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވި
މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލުގެ ދެކަނބަލުންނާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ ދެކަނބަލުންނާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހް މުހައްމަދު ލަތީފުގެ ދެކަނބަލުން އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޗީފް އޮފް ޕްރޮޓޮކޯލް މުހައްމަދު ޝަހުދީ ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސްގެ ދެކަނބަލުންނާއި ރާއްޖޭގެ ވަފުދުގެ ބޭފުޅުން، ސައޫދީގައި ތިއްބެވީ ސައޫދީ ސަރުކާރުގެ ހާއްސަ މެހުމާނުންގެ ގޮތުގައެވެ.

ގުޅުންހުރި
ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، އުތީމަށް
ރޭލެއްގެ ފާހާނާ ޑަސްބިން ތެރެއިން މަރާލާފައި އޮތް ކުޑަކުއްޖަކު ފެނިއްޖެ
ޒަކާތު ހައުސްގެ ފުރަތަމަ އަހަރު ތާރީހީ ގިނަ ކާމިޔާބީތަކެއް ހާސިލުވެއްޖެ: ޝަހީމް
ގައުމީ ދުވަހުގެ ޝަރަފްވެރި ހިނގާލުން މާދަމާ ހަވީރު
ކަނޑައެޅި ވަގުތުގެ ކުރިން ކަރަންޓުގެ ހިދުމަތް އާންމުހާލަތަކަށް، ފަހުމީގެ ޝުކުރު މުވައްޒަފުންނަށް
ކާޑެއްދޫ އެއާޕޯޓު އަނބުރާ ހޯދަން ސަރުކާރުން ދެ ގޮތެއް ހުށަހަޅައިފި: ވިލާއަށް