އިއްޔެ ކުއްލި ގޮތަކަށް އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިބްރާހިމް ފަރީދު އަހުމަދުގެ ޖަނާޒާ މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.
ޝައިހް ފަރީދު އަވަހާރަވީ މެލޭޝިއާ އަށް އިއްޔެ ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށެވެ. އަވަހާރަވި އިރު އުމުރަކީ 53 އަހަރެވެ.
ޝައިހް ފަރީދުގެ އާއިލާ އިން ފުރަތަމަ މަސައްކަތް ކުރީ ހަަށިގަނޑު ރާއްޖެ ގެނެސް ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް މެލޭޝިއާގެ އުސޫލު އޮންނަ ގޮތުން މަރުވެފައިވާ މީހަކު އެ ގައުމުން ގެންދިއުމުގެ ހުއްދަ ދެނީ ޕޯސްޓްމޯޓަމް ހަދައިގެންނެވެ. އެހެންވެ ޝައިހްގެ އާއިލާ އިން ނިންމީ ޖަނާޒާގެ ކަންކަން މެލޭޝިއާގައި ކުރިއަށް ގެންދިއުމަށެވެ.
މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ބުނީ ޝައިހް ފަރީދުގެ ޖަނާޒާ މާދަމާ މެންދުރު ނަމާދަށް ފަހު ރާޖާ ހާޖީ ފީސަބީލީﷲ މިސްޖިދު ގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. ވަޅުލަން ހަމަޖެހިފައިވަނީ ތަނާހް ޕްރަކުބުރަން އިސްލާމް ރައުދުލް ބަގީގައި ކަމަށްވެސް ބުންޏެވެ.

ގުޅުންހުރި
ޝައިހް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރަނީ