މަސްތުގެ ހާލަތުގައި ތިބި ދެ މީހަކު ހާފްވޭ ހައުސްއިން ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އދ. މަހިބަދޫ، ރެޑްރޯޒް، އަބްދުﷲ ޝާފިއު، 33 އަދި ގއ. ކަނޑުހުޅުދޫ، ވިދާތަރި، އިކްލީލް އިބްރާހިމް، 42 އެވެ.
މި ދެ މީހުން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ފުލުހުން ބުނެފައިވަނީ މި ދެ މީހުން ހައްޔަރުކުރީ ހާފްވޭ ހައުސް ބަލައި ފާސްކުރުމުގެ ތެރޭގައި މި މީހުން މަސްތުގެ ހާލަތުގައި ތިބި ކަމަށް ޝައްކުވެގެން ކަމަށެވެ. އެ މީހުން އޭރު ރަނގަޅަށް އިށީނދެގެން ވެސް ނުތިބެވޭ ކަމަށާއި އިށީނދެ އިންނައިރު ވެއްޓޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެހެންވެ ދެ މީހުން ހައްޔަރުކޮށް ކުޑަކަމުދާ ތަކެތި ޓެސްޓުކުރި އިކުލީލް ވަނީ އޯޕީއައި، ބެންޒޯ އަށް ޕޮޒިޓިވް ވެފަ އެވެ. އަދި އަބްދުﷲ ވަނީ އޯޕީއައި އަށް ޕޮޒިޓިވް ވެފަ އެވެ.
އެ ދެ މީހުން ކޯޓުގައި ބުނީ އެ މީހުންނަކީ މަސްތުވާތަކެއްޗަށް ފަރުވާ ހޯދުމަށް ހާފްވޭ ހައުސްގައި ދޭ ބޭސް ބޭނުންކުރާ ބައެއް ކަމަށާއި އެހެންވެ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެދާނެ ކަމަށެވެ.
ކުރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފަ އެވެ.




ގުޅުންހުރި
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ
ބުރިޖުގެ މަރާމާތުގެ މަސައްކަތަކަށް މިރޭ 11:45 އިން ފެށިގެން އެއް ލޭނު
ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި
ވައިގެމަގުން އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި
5 މަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް 500 މީހުން