ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ ދެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަން ކުރައްވައިފަ އެވެ.
މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެ ދެ ބޭފުޅުން ވަނީ މަގާމުގެ ހުވައި ކުރައްވައި ހުވާގެ އިގުރާރުގައި ސޮއިކުރައްވައިފަ އެވެ.
އެ ދެ ބޭފުޅުން މަގާމަށް އައްޔަން ކުރައްވައި މަގާމުގެ ލިޔުން ރައީސް ހަވާލުކޮށްދެއްވީ އެއަށްފަހުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހަމީދު އައްޔަނުކުރަން 60 މެންބަރުން ވޯޓު ދެއްވިއިރު ސަލީމް އައްޔަނުކުރަން 61 މެންބަރުން ވޯޓު ދެއްވި އެވެ.
ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރެއްގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުތަކުގައި ތިއްބެވި ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމާ ގުޅިގެންނެވެ. ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ބޭއްވި މަޖިލިހުގެ ޖަލްސާއިން ފާސްކޮށްގެނެވެ.
ފަނޑިޔާރު ސަލީމަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސަލީމް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2022 ވަނަ އަހަރު އެވެ.
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ހަމީދަކީ އެ ކޯޓުގައި ވަރަށް ގިނަ އަހަރު ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން 2007 ވަނަ އަހަރުން 2022 ވަނަ އަހަރާ ދެމެދު ފަނޑިޔާރުކަން ކުރެއްވި އެވެ. ހައި ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރެއްވި އެވެ.

ގުޅުންހުރި
އީރާނަށް ދޭ ހަމަލާތަކުގައި އެމެރިކާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ބުނެ ޓްރަމްޕް
ކުޅުދުއްފުއްޓަށް ދިޔަ ފްލައިޓެއް ވައިބާރުވުމުން ނުޖެއްސި 2 ގަޑިއިރު ފަހުން އެނބުރި
ޒުވާން މި ފްލައިޓް އެޓެންޑެންޓަކީ އާއިލާގެ ހިތުގެ ވިންދު، ކައިވެންޏަށް ދިޔައީ
އީރާނުން ދިން ވަރުގަދަ ހަމަލާތަކުގައި އިޒްރޭލުގެ 8 މީހަކު މަރުވެ، 35
އީރާނުގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ގޭސް ސާފުކުރާ ކާރުހާނާއަށް ހަމަލާ
ހަނގުރާމައާ ހެދި ނަތަންޔާހޫގެ ދަރިފުޅުގެ ކައިވެނި ކެންސަލް!