ޖޫން 15, 2025

ދިވެހި ހައްޖުވެރިން އެނބުރި އަންނަން ފަށާނީ އަންނަ ހުކުރު ދުވަހު

މި އަހަރު ރާއްޖެ އިން ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއާއަށް ދަތުރުކުރި ހައްޖުވެރިން މި މަހުގެ 13 ވަނަ ދުވަހު އަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ހައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ ހަތަރު ފްލައިޓަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން:

  • ފުރަތަމަ ފްލައިޓު އަންނާނީ މި މަހުގެ 13 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2:00 ގައި
  • ދެވަނަ ފްލައިޓް އަންނާނީ މި މަހުގެ 14 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 11:00 ގައި
  • ތިން ވަނަ ފްލައިޓް އަންނާނީ މި މަހުގެ 16 ވާ ހޯމަ ދުވަހުގެ ރޭގަނޑު 11:00 ގައި
  • ހަތަރުވަނަ ފްލައިޓުގެ އަންނާނީ މި މަހުގެ 17 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 ގައި

ހައްޖުވެރިން އެނބުރި މާލެ އަންނަ ދުވަސްވަރަކީ ރޯގާތައް އެންމެ ބޮޑަށް ފެތުރޭ ދުވަސްވަރު ކަމަށްވާތީ އެޗްޕީއޭ އިން ވަނީ ހައްޖުވެރިން އެނބުރި މާލެ އަންނައިރު މަރުހަބާ ކިޔަން ވީހާވެސް މަދު މީހުން އެއާޕޯޓަށް މީހުން ދިއުމަށާއި ހައްޖުން އައިސް އެއްވުންތަކަށް ނުގޮސް މަޑުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ހާއްސަކޮށް އުމުރުން ހަ މަސް ނުވާ ކުޑަކުދިންނާއި ހަ އަހަރުން ދަށުގެ ނޭވާ ހިއްލުން ފަދަ ބަލިތައް ހުންނަ ކުޑަކުދިން އަދި އުމުރުން ދުވަސްވީ ބަލި މީހުން އެއާޕޯޓަށް ނުގެންދަން އިލްތިމާސްކުރައްވައިފަ އެވެ.