ވެއްޓުނު އެއާ އިންޑިއާގެ ފްލައިޓުން ދަތުރުކުރި 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނާއިރު މަރުވި މީހުންގެ ތެރޭގައި ފަސް މެންބަރުންގެ އާއިލާއެއް ހިމެނޭ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
އެއާ އިންޑިއާގެ ފްލައިޓް އޭއައި171 ވެއްޓުނީ އިންޑިއާގެ އަހުމަދުއާބާދުން އިނގިރޭސި ވިލާތުގެ ލަންޑަނަށް ދާން ފުރިތާ މާގިނައިރުތަކެއް ނުވެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުން އެ ފްލައިޓުން ދަތުރުކުރި 242 މީހުންގެ ތެރޭގައި ރާޖަސްތާންގެ ބަންސްވަރާއަށް ނިސްބަތްވާ ފަސް މެންބަރުންގެ އާއިލާއެއް ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްރަތިކް ޖޯޝީ އާއި އޭނާގެ އަންހެނުން ކޮމީ ވިޔާސް އަދި އެ މީހުންގެ ތިން ކުދިންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޖޯޝީ މަސައްކަތް ކުރަނީ ލަންޑަނުގަ އެވެ. އޭނާ އިންޑިއާ އަށް އައީ އާއިލާ ގޮވައިގެން ލަންޑަނަށް އެނބުރި ގޮސް، އެ ތަނުގައި ވަޒަންވެރިވުމަށެވެ. ޖޯޝީ އާއި އޭނާގެ އާއިލާ ފްލައިޓް ތެރޭގައި ނަގާފައިވާ ސެލްފީއެއް މިހާރު ވައިރަލްވެފައިވާއިރު، އެ ފޮޓޯ އިން ފެންނަނީ އެންމެންވެސް އުފަލުގައި ތިއްބަ އެވެ.
ފްލައިޓުގައި ދެ ކެޕްޓަނުންނާއި 10 ކެބިން ކްރޫ އާއެކު އިންޑިއާގެ 169 މީހަކާއި އިނގިރޭސި ވިލާތުގެ 53 މީހަކާއި ޕޯޗުގަލްގެ ހަތް މީހަކާއި ކެނެޑާއަށް ނިސްބަތްވާ މީހަކު ހިމެނެ އެވެ.
އިންޑިއާގެ ޔޫނިއަން މިނިސްޓަރު އަމިތް ޝާހު މިއަދު ވަނީ ފްލައިޓް ވެއްޓުނު ސަރަހައްދަށް ވަޑައިގެންފަ އެވެ. އެއަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ ވަނީ ފްލައިޓް ވެއްޓުނު ސަރަހައްދުގެ ހޫނުމިން ހުރިވަރުން މީހުން ސަލާމަތް ކުރުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެހާ ގަދަ ހޫނެއް ހުރުމުން އެއްވެސް މީހަކު ސަލާމަތްވާނެ ކަމުގެ އުއްމީދެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.
ފްލައިޓް ވެއްޓުނު ހާދިސާގައި އެކަކު ސަލާމަތްވެފައިވާ ކަމަށް އަހުމަދުއާބާދު ޕޮލިސް ކޮމިޝަނަރު އެމްއެސް މާލިކުއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުންނާއި ބޭރުގެ ބޮޑެތި ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.


 
					

ގުޅުންހުރި
އެމެރިކާ އިން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަން ފަށަން ޓްރަމްޕް އަމުރުކޮށްފި
އިޒްރޭލުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ, ކޮންޓްރޯލް ނުވެ މިހާތަނަށް އަށް ކުދިން
ވެރިކަމުން ދުރުކުރި މަޑަގަސްކަރައިގެ ރައީސްގެ ރައްޔިތުކަން އަތުލައިފި
އަންނަ އަހަރު ބާއްވާ އިންތިހާބުގައި ވާދަކުރާނަން, ކާމިޔާބުވެސް ކުރާނަން: ނަތަންޔާހޫ
އެއްބަސްވުމާ ހިލާފުވެ, އިޒްރޭލުން އެއް އާއިލާއެއްގެ 11 މެންބަރުން ޝަހީދުކޮށްލައިފި، ގިނައީ
ދެ އަހަރަށްފަހު ޣައްޒާގެ އެންމެ ބޮޑު މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު