އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ދިން ވީޑިއޯ މެސެޖެއްގައި ބުނީ، ރޭ ދަންވަރު ދިން އެ ހަމަލާތަކަކީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށާއި ބެލިސްޓިކް މިސައިލް ފެކްޓްރީތަކަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ހަމަލާތަކެއް އެ ގައުމުގެ ވެރިރަށް ތެހެރާން އަދި ޔުރޭނިއަމް ފައްކާ ކުރާ މައި މަރުކަޒު ހުންނަ ނަތަންޒްއަށާއި ތަބްރީޒްގައި ހުންނަ ނިއުކްލިއާ ދިރާސާކުރާ ސެންޓަރަށް އަމާޒުވި އެވެ.
އެ ހަމަލާތަކުގައި އީރާނުގެ ބައެއް އޮފިޝަލުންނާއި އާންމުންވެސް މަރުވެފައިވާއިރު، އީރަނުގެ އިންގިލާބީ ފައުޖުގެ އިސްވެރިޔާ، ހުސައިން ސަލާމީ އާއި ނިއުކްލިއާ ސައިންޓިސްޓް ފެރޭދޫން އައްބާސް އާއި މުހައްމަދު މަހްދީ ތެހްރާންޗީ މަރުވެފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެ އެވެ.



