ޔަހޫދީ އިޒްރޭލުން އީރާނަށް ދޭ ދަންވަރު ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން ހަރުކަށި އަދަބެއް ދެއްވާނެ ކަމަށް އީރާނުގެ ރޫހީ ވެރިޔާ އާޔަތުالله އަލީ ހަމަނާއީ ވިދާޅުވެއްޖެ އެވެ.
އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާތަކުގައި އީރާނުގެ ސިފައިންގެ އެންމެ އިސް ވެރިޔާ ޗީފް އޮފް ސްޓާފް ޖެނެރަލް މުހައްމަދު ބަގޭރީ އާއި އީރާނުގެ އިންގިލާބީ ފައުޖުގެ އިސްވެރިޔާ، ހުސައިން ސަލާމީ އަދި ދެ ނިއުކްލިއާ ސައިންޓިސްޓުން ވަނީ ޝަހީދުވެފަ އެވެ.
އެ ހަމަލާތަކާ ގުޅިގެން ހާމަނާއީ ވިދާޅުވީ އީރާނާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާއި ހިންގަމުންދާ ޖަރީމާތަކުން އެ މީހުންގެ ނުބައި ނުލަފާ، ލެއިން ތަަތްތެޅިފައިވާ އަތް ދައްކަމުންދާ ކަމަށެވެ. އަދި އެ ހަމަލާތަކުގެ ބަދަލުގައި އީރާނުން ދޭ އަދަބު ވެގެން ދާނީ ހަރުކަށި އަދަބަކަށް ކަމަށްވެސް ވިދާޅުވި އެވެ.
”އިޒްރޭލުން އެ ވަނީ އެ މީހުންގެ އަމިއްލަ ނެތިދިއުމަށް ތައްޔާރުވެފައި، އެކަމުގެ ރަހަ އެ މީހުން ދެކޭނެ،“ އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ހާމަނާއީ ދެއްވި އިންޒާރުގައި ވިދާޅުވި އެވެ.




4 Comments
ގުޅުންހުރި
ސިޑްނީގެ ބޮންޑީ ބީޗުގައި ބަޑި ޖަހައި މަރާލި މީހުންގެ އަދަދު 15
ތޫފާނުގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 193 އަށް, 200
ލަންކާގެ މުސްކުޅިންގެ ސެންޓަރަކުން 11 މަރު, އެންމެން މަރުވީ ފެންބޮޑުވެ ނުނިކުމެވި
ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި
އެމެރިކާ އިން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަން ފަށަން ޓްރަމްޕް އަމުރުކޮށްފި
އިޒްރޭލުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ, ކޮންޓްރޯލް ނުވެ މިހާތަނަށް އަށް ކުދިން