ހައްޖުގެ އަޅުކަމަށް ފަހު ދިވެހި ހައްޖާޖީން މިއަދު ރާއްޖެ އަންނަން ފަށައިފި އެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން މި އަހަރު 1،000 މީހުން އަޅުކަމަށް ދިޔަ އެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުން ހައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ ހަތަރު ފްލައިޓަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ގްރޫޕު މިއަދު މެންދުރު 2:00 ގައި ރާއްޖެ ވަނީ އައިސްފަ އެވެ.
ދެ ވަނަ ގްރޫޕު މާދަމާ ރޭ 11:00 ގައި އަދި ތިން ވަނަ ގްރޫޕު ރާއްޖެ އަންނާނީ އަންނަ ހޯމަ ދުވަހުގެ މެންދުރު 2:00 ގަ އެވެ. އެންމެ ފަހު ގްރޫޕު އައުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ 11:00 ގަ އެވެ.
ހައްޖުވެރިން އެނބުރި މާލެ އަންނަ ދުވަސްވަރަކީ ރޯގާތައް އެންމެ ބޮޑަށް ފެތުރޭ ދުވަސްވަރު ކަމަށްވާތީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ވަނީ ފްލޫ ކްލިނިކެއް ހުޅުވައިފަ އެވެ. ރޯގާ/ހުމުގެ އެއްވެސް އަލާމާތަކާއި ސިއްހީ އެހީތެރިކަމެއް ބޭނުންވާ ނަމަ އެ ކްލިނިކަށް ޒިޔާރަތްކުރަން ދެ ހޮސްޕިޓަލުން ވެސް ވަނީ އެދިފަ އެވެ.
އަދި އެޗްޕީއޭ އިން ވަނީ ހައްޖުވެރިން އެނބުރި މާލެ އަންނައިރު މަރުހަބާ ކިޔަން ވީހާވެސް މަދު މީހުން އެއާޕޯޓަށް މީހުން ދިއުމަށާއި ހައްޖުން އައިސް އެއްވުންތަކަށް ނުގޮސް މަޑުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.




ގުޅުންހުރި
މާލޭގައި 12 ބުރީގެ ވަގުފް އިމާރާތެއް ހަދަން 39 މިލިއަން ރުފިޔާއަށް
ހައްޖުވެރިންގެ ސިއްހީ ކުޅަދާނަކަމާ ބެހޭ ސާކިއުލާގައި ވަނީ އާ އުސޫލެއް ނޫން:
ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް: ފަހުރުވެރި ރަންވަނަތައް ޝާޔާ، ޝަބާ އަދި
ސަރުކާރުގެ ހަރަދުގައި އަންނަ އަހަރު ހައްޖަށް ފޮނުވާ 50 ފަގީރުން ހޮވައިފި
ގުރުއާން މުބާރާތުގެ ކޮންމެ ބަޔަކުން 1 ވަނަ ފަރާތަކަށް ޕީއެޗްޑީއާ ހަމައަށް
ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުން އެއްވަނަ ހޯދާ ފަރާތްތަކަށާއި ތަނަކަށް އެއްލައްކަ