ސްޓެލްކޯ އިން ހިދުމަތް ދޭ ރަށްރަށުގައި ހަފުތާ ބަންދުތަކުގައި ގަސް އިންދުމުގެ ހަރަކާތްތައް ހިންގަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯ އިން ވަނީ ސަރުކާރުގެ ”ފަސް އަހަރުން ފަސް މިލިއަން ގަސް“ ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، މިދިޔަ ޖޫން މަހުގެ ފަސްވަނަ ދުވަހު، ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމަށް އަމާޒު ކަނޑައަޅައި، ހާއްސަ ހަރަކާތެއް ފަށައިފަ އެވެ.
ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްޓެލްކޯގެ އަމާޒަށް ވާސިލުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ސްޓެލްކޯ އިން ހިދުމަތް ދޭ ރަށްރަށުގައި ހަފުތާ ބަންދުތަކުގައި ގަސް އިންދުމުގެ ހަރަކާތްތަކެއް ހިންގަމުން އަންނަ ކަމަށާއި މާތްﷲގެ އިރާދަފުޅާއެކު ރައީސްގެ ވައުދު ފުއްދެވުމަށް ސްޓެލްކޯ އިން އަމާޒުހިފާފައިވާ ގޮތައް ފަސްލައްކަ ގަސް އިންދިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި
މައާފަށް އެދި ފަހުމީ ވިދާޅުވީ އެފަދަ ކަމެއް ތަކުރާރު ނުވާނެހެން ފިޔަވަޅު
މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފި
ކަރަންޓު ކެނޑުނީ މާލެ-ހުޅުމާލެ ގްރިޑަށް ދިމާވި މައްސަލައަކުން: ސްޓެލްކޯ
ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ދިވެހިންނަށް ފެނި މިދަނީ ކަށަވަރުވަމުން: ފަހުމީ
މޯލްޑިވްސް އެކްސްޕޯގެ ސަރުކާރު ކުންފުނިތަކުގެ ބައިން 1 ވަނަ ސްޓެލްކޯއަށް
ގްރޭޓާ މާލެ ސަރަހައްދަށް ކޭޓާ ކުރެވޭ ވަރަށް ޖަނަރޭޝަން ކެޕޭސިޓީ އެބަހުރި: