އެމްޑަބްލިޔުއެސްސީން ގދ. ފިޔޯރީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަންކޮށްފި އެވެ.
ފިޔޯރީގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއު އެމްޑަބްލިޔުއެސްސީއާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ނޮވެމްބަރު 2020 ގައެވެ. އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް)ގެ ފަންޑުގެ ދަށުން ކުރިއަށް ގެންދިޔަ އެ މަޝްރޫއު އަށް ޖުމުލަ 59.95 މިލިއަން ދިވެހި ރުފިޔާ ހަރަދުވި އެވެ.
ފިޔޯރީގެ ފެނާއި ނަރުދަމާ ނިޒާމު ކޮމިޝަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ކޮންސްޓްރަކްޝަން މިނިސްޓްރީ، ފެނަކަ އަދި އެމްޑަބްލިޔުއެސްސީގެ ބޭފުޅުން އެ ރަށަށް ވަޑައިގެންނެވެ.
ފިޔޯރީގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް، ފެނުގެ މައިނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ.
އޭގެ އިތުރުން ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް އަޅާފައިވާއިރު ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ވެސް ވަނީ ބަހައްޓައިފަ އެވެ.
ފިޔޯރީގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައިނެޓްވޯކްއާއި ޕަމްޕިން ލައިން އަޅައި، ޕަންޕިން ސްޓޭޝަން ގާއިމުކޮށް އަދި ސީ އައުޓް ފޯލް ވަނީ އަޅައިފައެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅައިފަ އެވެ.
އެމްޑަބްލިޔުއެސްސީން ބުނާ ގޮތުން މި މަޝްރޫއުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނާއި އަދި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދޭނެ އެވެ.




ގުޅުންހުރި
މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީން ބައިވެރިވެއްޖެ
”އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ“ ޕްރޮގްރާމު އިފްތިތާހުކޮށްފި
ދުވާފަރު ހިއްކި ސަރަހައްދުގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް
އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން ސައުދީގެ ވަފުދެއް ރާއްޖެއަށް
ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ހަދަން އާރަށަށްވުރެ ބޮޑު ބިމެއް!
ކޮންމެ ރަށަކުންވެސް މަޝްރޫއުތައް ނިމޭތަނާއި އާ މަޝްރޫއުތައް ފެށޭތަން މިހާރު ފެންނާނެ: