ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންނާއި ސިފައިންނާއި ފުލުހުންގެ ތެރެއިންގެ ތެރެއިން ބޮޑު ޕަސެންޓެއް ޕިރަމިޑް ސްކީމެއް ކަމުގައިވާ ޖީއެމްސީއީ (ޖެމްކިއު) ބޭނުންކުރާ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޖެމްކިއުގެ ނަމުގައި ހިންގާ ސްކީމަކީ ސީއެމްޑީއޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ސްކީމެއް ނޫނެވެ. އެހެންކަމުން އެ ސްކީމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫން ކަމަށާއި އެއީ ޕިރަމިޑް ސްކީމެއް ކަމަށްވެސް ބުނެފައިވެ އެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުގައި އެފަދަ ޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީ ވެސް ގާނޫނީ ގޮތުން ކުށެކެވެ. އެހެންވެ އެ ސްކީމް ހިންގައި، ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން ގެންދާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އައްބާސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 70 ޕަސަންޓް ބޭފުޅުންނާއި ސަރުކާރުގެ ގިނަ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ސިފައިންނާއި ޕޮލިހުންގެ 80 ޕަސަންޓު ބޭފުޅުންނާއި ޖުމުލަ 70،000 ރައްޔިތުން ޖީއެމްސީއީ ބޭނުންކުރާ ކަމަށެވެ. އަދި އެކަން ކުރަނީ އޭގެން ނަފާ ލިބޭތީ ކަމަށްވެސް ވިދާޅުވި އެވެ.
”ގަބޫލުކުރަންޖެހޭ ހަގީގަތަކީ ޖީއެމްސީއީގެ ސަބަބުން ޖީއެމްސީއީ ބޭނުންކުރައްވާ ބޭފުޅުންނަށް ބޮޑުތަނުން ފައިދާވެ، ކަންމަތީ ފިހާރަތަކުގެ ދަރަނި ދައްކައި، ލުއި ލޯނުތައް ދައްކައި، އެ ބޭފުޅުންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑުތަނުން ރަނގަޅުވަމުންދާކަން. އެކި މުނާސަބަތުތަކުގައި ރަށްފުށުގައި ބާއްވާ އެކިއެކި ހަރަކާތްތަކަށް ޖީއެމްސީއީގެ ފަރާތުން ބޮޑެތި އަދަދުތަކުން ސްޕޮންސާ ދެއްވާކަން،“ އައްބާސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިދިޔަ އަހަރުން ފެށިގެން ޖީއެމްސީއީ ބޭނުންކުރަމުންދާއިރު އެއްވެސް ރައްޔިތަކަށް ގެއްލުން ވެފައިނުވާ ކަމަށެވެ. އަދި ޖީއެމްސީއީ އާ ގުޅޭ ގޮތުން ނޫސްބަޔާންތައް ނެރުނު ނަމަވެސް ރައްޔިތުން ތިބި ހާލަތަށް ބަލާއިރު ޖީއެމްސީއީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމުގެ ފުރުސަތު އޮތުމަކީ ވަރަށް މުހިންމުކަމެއް ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.




10 Comments
ގުޅުންހުރި
ޑޮލަރު ސޫޓް ކޭސް ފޭރިގެން މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ފޮޓޯ
ވަގަށް ބޭރުކުރި ސިނގިރޭޓް ގެނައި ކުންފުނީގެ ހިއްސާދާރަކަށް ހިތާދޫ ދާއިރާގެ މެންބަރު
ނާޒިމްގެ ކަންބޮޑުވުން: ސިނގިރޭޓް ވަގަށް އެތެރެކުރުން އިތުރުވެ, އާމްދަނީ އެބަ ދަށްވޭ!
ހެލިކޮޕްޓަރުގެ ހިދުމަތް ނުފެށި ލަސްވާ މައްސަލައިގައި މިނިސްޓަރާ ސުވާލުކުރަނީ
281 ބަނގުރާ ފުޅި އާއެކު ބަނގުރާ ވިއްކާ ބޮޑުންތަކެއް ހައްޔަރުކޮށްފި
އައްޑޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ ދެމަފިރިން!