މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ އިން އެ ގެއާ ޖެހިގެން ހުރި ހ. މީޓާޒް ގޭގައި ހަދާފައިވާ ގުދަނުގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު މައްސަލައިގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ ރިޕޯޓުގައި ޔުމްނު ކުޑަދޮރުން ވެއްޓުނީ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފި އެވެ.
ރައީސް އޮފީހުން މިރޭ އާންމުކުރި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައިވާ ގޮތުން ޔުމްނު ވެއްޓުނު ފަންގިފިލާގައި ކެމެރާއެއް ނެތް ކަމަށާއި ހާދިސާއާ ގުޅިގެން ޔުމްނު ބައެއް ހޯދުމަށް ކޮމިޝަނުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ކުރެވިފައިނުވާ ކަމަށެވެ.
ރިޕޯޓުގައި ބުނީ ޔުމްނު ވެއްޓުނު ރޭ އޭނާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް، ޔުމްނު ވައްޓާލީ ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ. އަދި ބުނީ ޔުމްނު ކުޑަދޮރުން ވައްޓާލުމުގެ ފުރުސަތު ހަނި ކަމަށެވެ. އަދި ވަނީ އެކަމަށް ބާރު ދިނުމުގެ ގޮތުން ހަތަރު ކަމެއް ފާހަގަކޮށްފަ އެވެ.
-
– ރައުދާއި ޔުމްނުއާ ދެމެދު ހަމަނުޖެހުމެއް ނުވަތަ ރުޅިވެރިކަމެއް އެ ރޭ ހިނގާފައިނެތް ކަމަށާއި ޔުމްނު ވެއްޓުނު ގޭގެ ނުވަނަ ފަންގިފިލާއަށް އެރީ ވެސް އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަން
-
– ޔުމްނު ވެއްޓުނު ގެއަށް އޭނާ ދިޔައީ އަމިއްލަ އިހްތިޔާރުގައި ކަމުން، އޭނާއަށް އަނިޔާއެއް ދިނުމުގެ މަގުސަދުގައި ރައުދު އެ ގެއަށް އޭނާ ގެންދިޔަކަން ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަން
-
– ޔުމްނު ވެއްޓުމުން ރައުދު އޭނާ ހޯދަން މަސައްކަތްކޮށް، އެހެން މީހުންނަށް ގުޅައި ތަންތަން ތަކުރާރުކޮށް ބެލިކަން ވެސް އެނގޭ އޮންނަ ކަން
-
– ޔުމްނު ފުރާޅުމަތީގައި ޖެހުމާ ގުޅިގެން ނޫން ގޮތަކަށް އެހެން އަނިޔާއެއް ލިބިފައިނުވާ ކަމަށާއި މީހަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން އޮތް ކަން މެޑިކަލް ރިޕޯޓްތަކާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަން

ގުޅުންހުރި
ދާއޫދު ތަހުގީގަށް ދިނީ ދޮގު ބަޔާނެއް، އިހުސާނަށް ވެސް ގުޅި: ރިޔާސީ
ޔުމްނު ވެއްޓުން: ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި
ޔުމްނުގެ ވެއްޓުނު މައްސަލައިގެ ތަހުގީގު ނިންމައި ރިޕޯޓު ރައީސްއަށް އަރުވައިފި
ރައުދު ރާއްޖެއިން ބޭރަށް ފުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި
ދައުލަތުން ރައުދުއަށް ދައުވާ ކުރަނީ ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިނުވުމުން
ރައުދުއަށް ދައުވާކޮށްފި، އަދަބަކީ އެންމެ މަހެއް