ރައީސް ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށ ޒަމްއަތު އަހުމަދު ވަހީދު މިއަދު އައްޔަން ކުރައްވައިފި އެވެ.
ބްރޯޑްކޮމްގެ މެންބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާ (އަނާ) ގެ ދައުރު ހަމަވުމުންނެވެ. އެހެންވެ އެ މަގާމަށް ހުޅުވައިލުމުން ހަ ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ހަ ބޭފުޅުންނާ ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިންޓަވިއުކޮށް 75 މާކްސް އަށް ވުރެ މަތިން ތިން ބޭފުޅަކަށް ލިބިވަޑައިގެންނެވި އެވެ.
އެއީ ޒަމްއަތުގެ އިތުރުން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ބްރޯޑްކޮމްގެ ކުރީގެ މެންބަރު ޒީނާ ޒާހިރު އަދި އޭއޯ ނިއުސް ހިންގާ ޝިމްލާ ޒާހިރެވެ. އޭގެ ތެރެއިން ޒަމްއަތުގެ ނަން މަޖިލީހުން ފާސްކުރީ މިދިޔަ ހޯމަ ދުވަހެވެ.
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އިން މާސްޓާ އޮފް އާޓްސް އިން ޖާނަލިޒަމް ހާސިލުކުރައްވައިގެން ހުންނެވި ޒަމްއަތަކީ ނޫސްވެރިކަމުގައި 2006 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަމުން އަންނަ ބޭފުޅެކެވެ. އޭނާ ވަނީ ދިވެހިރާއްޖޭގެ އަޑުގެ އިތުރުން ވީޓީވީގައި ވެސް ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.




ގުޅުންހުރި
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ވެލެންސިއާ ރެލިގޭޓުކޮށްލުމަށް، ގްރީނުން މެޗު ފިކްސިންގެ އަމަލު ހިންގިކަމުގެ ތުހުމަތު
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ