މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ އިން އެ ގެއާ ޖެހިގެން ހުރި ހ. މީޓާޒް ގޭގައި ހަދާފައިވާ ގުދަނުގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު މައްސަލައިގައި ދައުވާކޮށްފައިވާ ރައުދު އަހުމަދު ޒިލާލްގެ އެއްބަނޑު އެއްބަފާ ބޭބެ، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމުގައި ހުންނެވި ދާއުދޫ އަހުމަދު، މައްސަލައިގެ ތަހުގީގަށް ދީފައިވަނީ ދޮގު ބަޔާނެއް ކަމަށާއި އޭނާ ވަނީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނަށް ވެސް އެ މައްސަލައާ ގުޅިގެން ގުޅައިފައި ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކުރުމާ ގުޅިގެން ދާއުދޫ، އަންޑާ ސެކްރެޓަރީގެ މަގާމުން ވަކިކޮށްފި އެވެ،
އެކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގަ އެވެ.
ރިޕޯޓުގައި ބުނެފައިވަނީ ދާއޫދާއި އެ ދުވަހު ރައުދުއާ ދިމާވި ދާއޫދުގެ ރައްޓެހިންގެ ބަޔާންތަކުގައި ވެސް ފުށުއެރުންތަކެއް ހުރި ކަމަށާއި އެހެންވެ އެމީހުން ތަހުގީގަށް ކަމެއް ސިއްރުކުރާ ކަމަށް ބެލެވޭ ކަމަށެވެ. ޔުމްނު ވެއްޓުނު ފަހުން އޭނާ ހޯދަން ރައުދު މަސައްކަތްކޮށްފައިވާ ކަން ފުޓޭޖުތަކުން އެނގޭ ކަމަށާއި ނަމަވެސް، އޭގެ ފަހުން ދާއޫދާއި އޭނާގެ ރައްޓެހިންނާ ރައުދު ދިމާވި ފަހުން އެ ރޭގެ އެއްވެސް ކަމެއް ހަނދާން ނެތް ކަމަށް ރައުދު ބުނަމުން ގޮސްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ޔުމްނު ވެއްޓުނު ހާދިސާއަށް ފަހު ރައުދުއާއި ދާއޫދު ބައްދަލުވެފައިވާ ކަމަށާއި އެހެންވެ ޔުމްނު ވެއްޓުނު ވާހަކަ ދާއުދަށް، ރައުދު ކިޔައިދޭނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އެހެންވެ، ރައުދުއާ އެއްވަރަށް އެކަން ކަމާ ބެހޭ އިދާރާތަކަށް ނާންގައި ތިބުމުގައި އޭނާގެ ބޭބެ ދާއޫދާއި ރައްޓެހިންގެ ބައިވެރިވުން ހިމެނޭކަމަށް ފެންނާތީ، އެ ކަން އިދާރާތަކުން އިތުރަށް ތަހުގީގު ކުރަން ކޮމިޝަނުން ވަނީ ލަފާ ދީފަ އެވެ.

ގުޅުންހުރި
ދާއޫދު ތަހުގީގަށް ދިނީ ދޮގު ބަޔާނެއް، އިހުސާނަށް ވެސް ގުޅި: ރިޔާސީ
ޔުމްނު ވައްޓާލީއެއް ނޫން ބޮޑަށް ބެލެވެނީ ކުޑަދޮރުން ވެެއްޓުނީ ކަމަށް: ރިޔާސީ
ޔުމްނު ވެއްޓުން: ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި
ޔުމްނުގެ ވެއްޓުނު މައްސަލައިގެ ތަހުގީގު ނިންމައި ރިޕޯޓު ރައީސްއަށް އަރުވައިފި
ރައުދު ރާއްޖެއިން ބޭރަށް ފުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި
ދައުލަތުން ރައުދުއަށް ދައުވާ ކުރަނީ ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިނުވުމުން