ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 20.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅާބަލާއިރު 8.7 އިންސައްތަ ދަށް އަދަދެއްކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސުން މިއަދު އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްގައިވާ ގޮތުން ދައުލަތުގެ ރިކަރަންޓް ހަރަދު 5.3 ޕަސަންޓަށް ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 72.1 ޕަސަންޓަށް ދަށްވެފަ އެވެ. އަދި މިއަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދު ވަނީ ފާއިތުވި އަހަރާއި އަޅާބަލާއިރު ދަށް މިންވަރެއްގައި ދަމަހައްޓާފަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ބަލާއިރު، މި އަހަރަށް އިދާރީ އަދި ހިންގުމުގެ ހަރަދުތަކުގެ ގޮތުގައި ފާސްކުރި 20.8 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހަރަދުވެފައިވަނީ 8.2 ބިލިއަން ރުފިޔާ އެވެ.
އެއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.1 ބިލިއަން ރުފިޔާ ކުޑަ އަދަދެއް ކަމަށާއި އެގޮތުން 2024 ވަނަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައިވަނީ 9.3 ބިލިއަން ރުފިޔާ ކަމަށް ރިޕޯޓުގައިވެ އެވެ. އެބައިގެ ހަރަދުތަކުގެ ތެރޭގައި ހިމެނޭ އިދާރީ ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމުގެ ހަރަދު ވަނީ 71.5 ޕަސަންޓަށް ދަށްވެފައި ކަމަށާއި އަދި ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހަރަދުވަނީ، ނިމިގެންދިޔަ އަހަރާ އަޅާބަލާއިރު 17.2 ޕަސަންޓަށް ދަށްވެފައި ކަމަށް ރިޕޯޓުގައިވެ އެވެ.
އެ ކުރިއެރުން ހާސިލްލްކުރެވިފައިވަނީ ދައުލަތުން ތަންފީޒުކުރަމުންދާ ހަރަދު ހިފެހެއްޓުމުގެ ސިޔާސަތުތަކާއި ބަޖެޓް މެނޭޖްމަންޓް އުސޫލުތަކުގެ ސަބަބުން ކަމަށް ރިޕޯޓުގައިވެ އެވެ.




ގުޅުންހުރި
ޖުމުލަ ހަރަދު 34.1 ބިލިއަނަށް، ބަޖެޓު ޑެފިސިޓް ބިލިއަނަކާ ގާތަށް
މަޝްރޫއުތައް ހަވާލުކުރީ ޖުމްލަ 2.71 ބިލިއަން ރުފިޔާއަށް، ބޯހިޔާވަހިކަމަށް ބިލިއަނެއް
ސިވިލް ސާވަންޓުންގެ މުސާރައަށް ގެންނަ ބަދަލުތައް އާންމުކޮށްފި
ޕެންޝަން އޮފީހުން ސަރުކާރަށް 2 ބިލިއަން ދިނުން: ބޯޑުން ޝަރުވަޝް އިސްތިއުފާ
އިންޓަނޭޝަނަލް ފެންވަރަށް ކައްދޫ އެއާޕޯޓު ތަރައްގީކުރަން ހަވާލުކޮށްފި، 2028 އަށް ނިންމަނީ
ދައުލަތުގެ ބަޖެޓުން ކުރި ޚަރަދުތައް 15.5 ޕަސެންޓް ދަށަށް