އެއްގަމު އިންޖީނުލީ އުޅަނދުތަކަށް އިތުރު އިންޝުއަރެންސެއް ތައާރަފު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
އުޅަނދުތަކުން މިހާރު ނަގަނީ އުޅަނދު ވަގަށް ނެގުމާއި ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ތާޑް ޕާޓީ ވެހިކަލް އިންޝުއަރެންސްއެކެވެ.
ޕީއެސްއެމްގެ ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ ”އަހާށޭ ބުނާނަން“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ މިހާރު ތައާރަފުކުރުމަށް މަސައްކަތް ކުރަމުންދަނީ ކޮމްޕްރެހެންސިވް އިންޝުއަރެންސް ސްކީމެއް ކަމަށެވެ.
އަމީން ވިދާޅުވީ އިތުރު އިންޝުއަރެންސް ސްކީމެއް ތައާރަފުކުރަނީ އެކްސިޑެންޓުގައި އުޅަނދަށް ލިބޭ ގެއްލުންތަކާއި އުޅަނދު ވަގަށް ނެގުމުން ލިބޭ ގެއްލުންތަކަށް ބަދަލު ނުލިބުމުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.
ގާނޫނު މިހާރު އޮތް ގޮތުން ވެސް ތާޑް ޕާޓީ އިންޝުއަރެންސް އޮތުން ލާޒިމް ކަމަށާއި ނަމަވެސް ތާޑް ޕާޓީ އިންޝުއަރެންސް އަކީ ވެހިކަލް ވަގަށް ނަގައިގެން ނޫނީ އެހެން ގޮތަކަށް ބަދަލު ދިނުން ނޫން ކަމަށް އަމީން ފާހަގަކުރެއްވި އެވެ.
”އެހެން ނަމަވެސް މިހާރު އޮތް ގާނޫނުގެ ދަށުން ވެސް ތާޑް ޕާޓީ އިންޝުއަރެންސާ އެކު ކޮމްޕްރެހެންސިވް އިތުރު އިންޝުއަރެންސެއް [ތައާރަފު ކުރުމަށް] އިންޝުއަރެންސް ކުންފުނިތަކާ އެކު ވާހަކަ ދައްކައިގެން ތައާރަފު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ،“ އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް 45 ނޫނީ 2 މަސް ތެރޭ އާ ކޮމްޕްރެހެންސިވް އިންޝުއަރެންސް ޕެކޭޖެއް ތައާރަފު ކުރެވިގެންދާނެ ކަމަށެވެ.

ގުޅުންހުރި
ދިރިއުޅޭ ގޭގެ ޖިނާއީ ކުށެއް ކުރި ނަމަވެސް އެ ހުރިހާ ކަމަކަށް
ޔުމްނު ”ވެއްޓުނު“ ހާދިސާގައި ބޮޑުބޭބެ ކިޔާ ދެ މީހަކު ބައިވެރިވި ކަމަކަށް
އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަ ކުރުމުގެ މަސައްކަތް އެބަ ކުރިއަށްދޭ: އަމީން
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ޓެކްސީތަކަށް ހަނި ގޯޅިތަކަށް ވަދެވޭނެ: އަމީން
އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުރާދީވާން އަމީނަށް ލިބޭނީ އެއްގަނޑިއިރު
އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ނޯޓިސް ފޮނުވައިފި