ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރަން އީރާނުގެ ގާނޫނު ހަދާ މަޖިލީހުން ނިންމާފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާ އިން ބުނެފި އެވެ.
އީރާނުގެ ސީނިއާ މަޖިލިސް މެންބަރެއް ކަމަށްވާ އިސްމާއިލް ކައުސަރީއާ ހަވާލާދީ ޕްރެސް ޓީވީގައި ބުނެފައިވަނީ އެމެރިކާ އިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނާއި އެ ހަމަލާތަކާ ގުޅިގެން ބޭރުގެ ގައުމުތަކުން އެއްޗެކޭ ބުނެފައި ނުވާތީ ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.
އިސްމާއިލް ކައުސަރީއަކީ އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ގައުމީ ސަލާމަތާއި ފޮރިން ޕޮލިސީ ކޮމިޓީގެވެސް މެންބަރެކެވެ.
ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރަން އީރާނުގެ ގާނޫނުހަދާ މަޖިލީހުން ފާސްކުރި ނަމަވެސް އެކަމަށް ގޮތް ނިންމާނީ އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލުންނެވެ.
ދުނިޔޭގައި އުފައްދާ ތެލާއި ނެޗުރަލް ގޭސްގެ 20 އިންސައްތަ ދަތުރުކުރަނީ ހޮރުމޫޒު ކަނޑުއޮޅިންނެވެ. އެއީ ގާތްގަނޑާކަށް ދުވާލެއްގެ މައްޗަށް 17 އާއި 18 މިލިއަން ފީފާގެ ތެލެވެ. އެ ކަނޑުއޮޅިން އެމެރިކާގެ އެތައް އުޅަނދެއްވެސް ދަތުރުކުރެ އެވެ.
ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ތެލުގެ އަގު 80 ޕަސެންޓް ބޮޑުވެގެންދާނެ ކަމަށް ބައެއް ފަރާތްތަކަށް ލަފާކުރެ އެވެ.

ގުޅުންހުރި
ދެން އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން އިބޫ ނިންމަވައިފި
އީރާނާ ގުޅި، އިޒްރޭލާއި އެމެރިކާއާ ދެކޮޅަށް ޔަމަނުން ހަނގުރާމަ އިއުލާންކޮށްފި
ވަގު ގޯތި މައްސަލަ: މުސާރަ ލިބޭ ގޮތަށް ފަޒީލް ސަސްޕެންޝަންގައި ހުންނަތާ
އުޅަނދުތަކަށް އިތުރު އިންޝުއަރެންސެއް ތައާރަފު ކުރަން މަސައްކަތް ކުރަނީ
ފޭކު ސްލިޕު ފޮނުވައިގެން ޒައިދާންއާއި އޭނާގެ އަންހެނުން ހައްޔަރުކޮށްފި
އެމެރިކާގެ ހަމަލާގެ ސަބަބުން އެހާބޮޑު ގެއްލުމެއްނުވޭ: އިރާން