ކޭ-ޕާކް ރެސިޑެންސްގެ ފްލެޓްތައް މަކަރާއި ހީލަތުން ވިއްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކޮށްފައިވާ ހަސަން މަމްދޫހުގެ ޝަރީއަތް ނިމެންދެން ހުޅުމާލޭ ޖަލުގައި ބަންދުކޮށްފި އެވެ.
ކަރެކްޝަންސް ސާވިސަސްއިން މިއަދު ބުނީ މަންޑޭ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާތީ ފުލުހުން ވަނީ މަންޑޭ ކަރެކްޝަންއާ ހަވާލުކޮށްފައި ކަމަށެވެ. ކަރެކްޝަންސްއިން ވަނީ މަންޑޭ ހުޅުމާލެ ޖަލުގައި ބަންދުކޮށްފައި ކަމަށެވެ.
މަންޑޭގެ މައްޗަށް ކުރާ 100 ދައުވާގެ އަޑުއެހުމެއް އިއްޔެ ކުރިމިނަލް ކޯޓުގައި ވަނީ ބާއްވައިފަ އެވެ.
އެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވެފައިވަނީ މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމަށް މަމްދޫހު ހާޒިރުވެފައިނުވާތީ އަޑުއެހުން ކެންސަން ކުރަން ޖެހުނު ކަމަށެވެ. އެ ދުވަހު އަޑުއެހުމަށް ހާޒިރުނުވެވުނީ ބަލިވެގެން ކަމަށް ބުނެ މަމްދޫހުގެ ފަރާތުން ހުށަހެޅި ލިޔުންތައް ބަލައި ނުގަންނާނެ ކަމަށް ގާޒީ ވިދާޅުވެފައިވެ އެވެ.
ސަބަބަކީ މަމްދޫހު އެ ދުވަހު ރެސްޓޯރެންޓުތަކުންނާއި އެކި ތަންތަނުން ފެނުނު ކަމަށް ހެކިވެރިން ކޯޓަށް މައުލޫމާތު ދީފައިވާތީ ކަމަށް ގާޒީ ވިދާޅުވެފައިވެ އެވެ.
އެހެންވެ މަމްދޫހު ޝަރީއަތް ނިމެންދެން ބަންދުކުރާ ކަމަށް ގާޒީ ވިދާޅުވެފައިވެ އެވެ.




3 Comments
ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް