ބަންގިއާއި ގަމަތާ ދެމެދު އޮންނަ ވަގުތު ދިގުކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
އެ މިނިސްޓްރީން ކައުންސިލްތަކަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި ބުނީ ބަންގިއާއި ގަމަތާ ދެމެދު އޮންނަ ވަގުތު ދިގުކުރަން ށް ނިންމީ، މާލެ އާއި ރަށްރަށުގެ މިސްކިތްތަކުގައި ބަންގި އާއި ގަމަތާ ދެމެދު ހޭދަ ކުރާ ވަގުތު އެއްމިނެއްގައި ހިފެހެއްޓުމުގެ ބޭނުމުގައި ކަމަށެވެ.
އެ ސާކިއުލާގައިވަނީ އަންނަ 1 އޮގަސްޓުން ފެށިގެން ހުރިހާ ނަމާދެއްގައި ވަގުތު ދިގުކޮށްލުމަށް އަންގައިފަ އެވެ.
ފަތިސް ނަމާދު، 15 މިނިޓް (ކުރިން ދެނީ 10 މިިނިޓް)
މެންދުރު ނަމާދު، 12 މިނިޓް (ކުރިން ދެނީ 10 މިނިޓް)
އަސްރު ނަމާދު، 12 މިނިޓް (ކުރިން ދެނީ 10 މިނިޓް)
މަގްރިބް ނަމާދު، 8 މިނިޓް (ކުރިން ދެނީ 7 މިނިޓް)
އިޝާ ނަމާދު، 10 މިނިޓް (ކުރިން ދެނީ 7 މިނިޓް)



