ސިވްކުގެ ކޮޅުވެއްޓިއެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި މަރުވީ އެމްއެންޑީއެފްއަށް 27 އަހަރު ހިދުމަތްކުރައްވާފައިވާ ވޮރެންޓް އޮފިސާ 2 އަލީ ހާމިދު ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ ”އެލްސީ 308“ ކޮޅުވެއްޓި ހަ މީހުން ދަތުރުކުރިއެވެ. އޭގެތެރޭގައި ހިމެނެނީ ތިން ސިފައިންނާއި ބަންގްލްދޭޝް ތިން މީހެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ކޮޅުވެއްޓި ބަންޑުން ޖަހާލިކަމުގެ ރިޕޯޓް 10:30 ހާއިރު ލިބުމުން ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައިވާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި ދެ މީހުން ގެއްލުނު ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ފެނުނުއިރު، އޭނާ ވަނީ މަރުވެފައި ކަމަށެވެ. އޭނާގެ ހަށިގަނޑު ހޯދާފައި ވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ޑައިވަރުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މަރުވެފައިވަނީ ވަނީ ވޮރަންޓް އޮފިސަރ 2 އަލީ ހާމިދު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ސަލާމަތް ކުރި މީހުންނަށް ޅ. ނަައިފަރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އެ ހާދިސާގައި ސަލާމަތް ކުރި ފަސް މީހަކު އެ ހޮސްޕިޓަލަށް ވަނީ ގެނެސްފަ އެވެ.




ގުޅުންހުރި
ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ނައިބު ރައީސުންގެ އިނާޔަތަށް ޝަރުތު ހަމަވަނީ ފައިސަލް އެކަނި
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން