ރިސޯޓުތައް މަދު އަތޮޅުތަކުގައި ޓޫރިޒަމް ފުޅާކުރަން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް އެކަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އަންނަ ހަފްތާގައި އެކަމުގެ ތަފްސީލްތައް ހާމަކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ މެނިފެސްޓޯގައިވާ ގޮތަށް އަދި މިދިޔަ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ވެސް ފާހަގަކުރެއްވި ގޮތަށް، ޓޫރިޒަމްގެ ފުރުސަތުތައް މިހާރު މަދުން ހުރި އަތޮޅުތަކުގައި އެކަން ފުޅާކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
މި މަސައްކަތް ފަށާ އަތޮޅުތަކުގެތެރޭގައި ހއ، ހދ، ށ، ތ، ލ، އަދި އައްޑޫ ހިމެނޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ އަތޮޅުތަކުގައި ޓޫރިޒަމްގެ ފުރުސަތުތައް ތަނަވަސްކުރާނީ އިންވެސްޓަރުންނާއި އެކި ދާއިރާތަކުން ދޭ ލުއިތަކާއި އިނާޔަތްތަކާއި އިންފްރާސްޓްރަކްޗާގެ އިންވެސްޓްމަންޓްތަކާއި ހާއްސަ މާކެޓިން ސްޓްރެޓެޖީއަކާ އެކުގަ އެވެ.
”… މިކަންކަން ފަރުމާކޮށްފައި ވާނީ އެއީ އިންވެސްޓްމަންޓްތަކަށް ހިތްވަރުދީ، މި ދާއިރާތަކުގައި އިތުރު އިގްތިސާދީ ހަރަކާތްތައް ހިންގުމަށް ހިތްވަރުލިބޭ ގޮތަށް،“ ރައީސް ލިޔުއްވާފައިވެ އެވެ.




2 Comments
ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި