ޖުލައި 1, 2025

680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު

އެސްއީޒެޑް އިންވެސްޓްމަންޓްގެ ގޮތުގައި ހާސިލުކުރަން ބޭނުންވަނީ ޖުމްލަ 1 އެއްބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަމަށާއި މިހާތަނަޑް 680 މިލިއަން ޑޮލަރު (10 ބިލިއަން ރުފިޔާ) ގެ އިންވެސްޓްމަންޓް ރާއްޖެ ކަށަވަރުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ސިންގަޕޫރަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި މޯލްޑިވްސް ބިންޒަސް ފޯރަމްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖެ އޮތީ ބޮޑު ދަރަންޏާއެކު ނާޒުކު ހާލަތެއްގައި ކަމަށެވެ. ނަމަވެސް މިދިޔަ 16 މަސް ދުވަހުގެ ތެރޭގައި ވަނީ އެކަންކަމުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ތެރޭގައި އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖެ ގެނައުން ކަމަށާއި މިހާރު 680 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

”ސޯލާ ސިޓީގެ މަޝްރޫއުގައި މި ފޯރަމްގެ ތެރެއިން ސޮއިކުރެވިގެން ދިއުމާއެކު އަޅުގަނޑުމެންގެ އެސްއީޒެޑް ކޮމިޓްމަންޓް 680 މިލިއަން ޑޮލަރަށް އިތުރުކުރެވި، އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހޯދުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެ،“ ސައީދު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ރާއްޖޭގެ ޖީޑީޕީއަކީ 150 ބިލިއަން ޑޮލަރަށް އިތުރުކޮށް 2030 ވަނަ އަހަރު ބޮލަކަށް ޖެހޭ އާމްދަނީގެ އަދަދު 17،000 ޑޮލަރަށް އިތުރުކުރުން ކަމަށެވެ.