ތ. ވިލުފުށީގައި ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ އެވެ.
އެ ރަށުން މައުލޫމާތު ދިން މީހަކު ބުނީ ރޯވެފައިވަނީ އެ ރަށު މީހެއްގެ އަމިއްލަ ތެޔޮ ދޯނިތަކެއްގައި ކަމަށެވެ.
ތެޔޮ ދޯނީގައި ރޯވިއިރު އެ ސަރަހައްދުގައި ހުރި އެ މީހާ ބުނީ ދެ ވަނަ ތެޔޮ ދޯނީގައި ރޯވެފައިވަނީ ފުރަތަމަ ދޯނީގައި ރޯވި އަލިފާނުގެ އަސަރުކޮށްގެން ކަމަށެވެ.
އެ ހާދިސާގައި ފިހުނު ދެ މީހުންނަކީ ދެ ބިދޭސީން ކަމަށާއި އެ ދެ މީހުންނަކީ އެ ދޯނީގައި މަސައްކަތް ކުރާ މީހުން ކަމަށެވެ.



