އިންޑިއާގެ އޮޑިޝާގެ ގަންޖަމް ޑިސްޓްރިކްޓުގައި ބަލި މީހަކު ގޮވައިގެން ހޮސްޕިޓަލަސް ދިޔަ އެމްބިއުލާންސެއް ހަލާކުވެގެން ހުއްޓި, އޭގައި އުފުލަމުންދިޔަ ބަލި މީހާ މަރުވެއްޖެ އެވެ.
އިންޑިއާގެ ހިންދުސްތާން ޓައިމްސްގައި ބުނެފައިވާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ އެކްސިޑެންޓުގައި މަރުވީ 19 އަހަރުގެ ޒުވާނެކެވެ. ޘަންކަރް މަހަރާނާ ނަމަކަށް ކިޔާ އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައީ ކުޅެން ހުއްޓައި ބަނޑުގައި ބޯޅައަކުން ޖެހިގެން ލިބުނު އަނިޔާތަކާ ގުޅިގެންނެވެ.
އޭނާއަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ ގެ ކައިރީގައި ހުންނަ ހޮސްޕިޓަލަކަށެވެ.
ނަމަވެސް އޭނާ މަރުވީ އިތުރު ފަރުވާއަށް އެމްކޭސީޖީ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެމްބިއުލާންސް ހަލާކުވެގެން ހުއްޓި, އެހެން ވެހިކަލެއް އަންނަންދެން ތިން ގަޑިއިރު މަޑުކުރަން ޖެހުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.




ގުޅުންހުރި
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް
ފިލްމު ޑައިރެކްޓަރު ނިމާލް ނިޔާވެއްޖެ
އިންޑިއާ މިއޮތީ ”ސާބިތުކަމާއެކު“ އިޒްރާއީލާ އެކު: މޯދީ
އެސްޓީއޯއާއި އެއްއަގަށް ބާޒާރުގައި އޮރެންޖުގެ އަގު ތިރިވެއްޖެ