މޯލްޑިވްސް ކަރެކްޝަންސްއާ ހަވާލުކުރަން ވެގެން ކުޅުދުއްފުށި އެއާޕޯޓު މެނޭޖަރު އަބްދުލް އަހަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އަހަދު ހައްޔަރުކުރީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
ނަމަވެސް އެ ކޯޓު އަމުރުގެ ތަފުސީލު ފުލުހުން ނުދެ އެވެ.
”އަބްދުލް އަހަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ކަރެކްޝަންސް އާ ހަވާލު ކުރުމަށް،“ ފުލުހުން ބުންޏެވެ.



