ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް ކުރަން ފަށައިފައިވާ ކަމަށެވެ.
މެދު ރާއްޖެތެރެއާއި ދެކުނަށް މޫސުން ގޯސްވެ ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.
އުތުރަށް މޫސުން އެހާ ގޯސްނުވާނެ ކަމަށާއި ނަމަވެސް ދޭތެރެ ދޭތެރެއިން ވާރޭ ވެހުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.



