ހުޅުމާލޭގައި ހުންނަ އެންސިސްގެ ގުދަނުގައި ރޯވެއްޖެ

މީގެ ކުރިން ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން އަލިފާން ނިއްވުމުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އޮފިސަރުން ހަރަކާތްތެރިވަނީ ---

ހުޅުމާލޭގައި ހުންނަ އެންސިސްގެ ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން މިރޭ ބުނީ ހުޅުމާލޭގައި ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ އެންސިސްގެ ގުދަނުގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ 6:48 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސް އިން އަލިފާން ނިއްވާލުމަށް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެންސިސްގެ ގުދަނުގައި ރޯވި އަލިފާން ކޮންޓްރޯލުކުރެވިފައިވަނީ މިރޭ 10:45 ހާއިރުއެވެ.