ސެޕްޓެމްބަރ 3, 2025

އީސަބެގެ ހިތް އަދިވެސް އެއާޕޯޓުގައި, ހިލޭ ސާބަހަށް މަސައްކަތް ކުރަންވެސް ތައްޔާރު!

”ސައުދީއަށް ގިނަ ދުވަހު ދިޔައީ. ސައުދީ އެއާޕޯޓަށްވުރެވެސް ރަނގަޅު ކަމަށް ފެންނަނީ. ވަކި ދެރައެއް ނޫން. މޮޅޭ ބުނެވޭނީ,“

މިއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރިޓަޔާ ކުރެއްވި ބޭފުޅުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް ދައްކާލުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވި އީސާ މުހައްމަދު (އީސަބެ) އާ ޓާމިނަލް ސިފަ ކުރެއްވި ގޮތެވެ.

އީސަބެއަކީ 1984 އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް އެމްއޭސީއެލްއަށް ހިދުމަތް ކުރެއްވުމަށްފަހު ރިޓަޔާ ކުރައްވާފައިވާ ބޭފުޅެކެވެ. އެއީ 39 އަހަރުގެ ދިގު ހިދުމަތެކެވެ.

”ފުރަތަމަ މަސައްކަތް ކުރާއިރު ޝިފްޓެއްގައި ތިބޭނީ 10 މީހުން 12 މީހުން. އެންމެ ބޯބުރިއެއް. ޑިއުޓީ ނިމޭއިރުވެސް ކާއެތިކޮޅެއް ނުލިބޭނެ. އެވަރަށް މަސައްކަތް ކުރަންޖެހޭ. ބޯޓު ސާފުކުރަން އަރާއިރު އަރަނީ 5 ނުވަތަ 6 މީހުން. މިއަދު ޝިފްޓެއްގައި އެބަ އުޅޭ 60 ނުވަތަ 70. އެއަށްވުރެވެސް ގިނަ. ބޯޓު ސާފުކުރަން އަރާ އަދަދުވެސް ނޭނގެ,“ އެމްއޭސީއެލްގައި އަދާކުރެއްވި ވަޒީފާގެ ހަނދާންތައް އީސަބެ ހިއްސާކުރެއްވި އެވެ.

އީސަބެމެންނަށް އާ ފަސިންޖަރު ޓާމިނަލް ދައްކާލުމުގެ ހަރަކާތުގައި އިސްކޮށް ހުންނެވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ. އެ ހަރަކާތުގައި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ކުންފުނީގެ އިސްވެރިން ދައުވަތު ދެއްވައިގެން އެ ބޭފުޅުންނާއެކު އެއާޕޯޓުގެ ތަރައްގީ ބަލާލަން ލިބުނު ފުރުސަތު އީސަބެ ސިފަކުރެއްވީ އުމުރުން އެންމެ އުފާވި ދުވަހުގެ ގޮތުގަ އެވެ.

”މިއަދުވެސް ހިތެއް ނުދޭ މިތަނަކުން. ހިތް އޮންނާނީ މިތަނުގައި. އެ އޮތީ މާރުކޭޓު. ފެނޭ މިތަން. އަސަރުކުރޭ. ބޭބެއަށް ކުރޭ. އެހެން ކުއްޖެއްގެ ގޮތެއް ނޭނގެ. އަދިވެސް އަންނަން އޮތިއްޔާ, 24 ގަޑިއިރު މިތާ އުޅެންޖެހިއްޖެއްޔާ އުޅޭ ގޮތަށް މިހުރީ. ހިލޭ ސާބަހަށް މަސައްކަތް ކުރަން ބޭބެ ކައިރީގަ ބުންޏަސް މިހާރުވެސް ކުރާނަން,“ އީސަބެ ވިދާޅުވި އެވެ.

4 Comments

  • Ali Shaheed ޖުލައި 18, 2025

    Thee moya hiyaaleh. Meehun kuraa rangalhu kanthakuge agu vazan kuraa gaumeh noon mee.

  • Abdul Latheef Moosa L-chey ޖުލައި 19, 2025

    Free ko 8 hrs kurey

  • ابراهيم عمران ޖުލައި 19, 2025

    Anni bunee rangalhah, easabe men ulheny foohi vegen

  • Ali Shimad ޖުލައި 19, 2025

    Kaak mi zamaanugaa hiley saabahah masakah kuranee huss foni

Leave a Reply