މުސްލިމަކު ކާފަރު ކުރެވެނީ އެކަމަށް ބާރު ދޭނެ ވަރުގަދަ ދަލީލުތަކެއް ހުރުުމުން އެކަނި ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ ޝަރުއީ ނައްސުންތަކުން ސާފުކޮށް އެނގޭ ގޮތުގައި މުސްލިމަކާ ދިމާލަށް ބަދު ބަސް ބުނުމާއި ގަދުފުކުރުމަކީ ހަރާކަންތައްތަކެއް ކަމަށެވެ. ހުތުބާގައި ބުނީ އަމިއްލަ ވިސްނުމުގެ މައްޗަށް ބިނާކޮށް މުސްލިމަކު ކާފިރުކުރުން ހުއްދަ ނުވާނެ ކަމަށެވެ.
”ކާފިރުކަމަކީ މުސްލިމަކު ނުވަތަ މުސްލިމް ޖަމާއަތެއް ކުފުރަށް ނިސްބަތްކުރުމެވެ. އަދި އެ މީހުންގެ ފުރާނަނާއި މުދާ ހިފުން ހުއްދަކުރުމެވެ. މިއީ އެހައި ފަސޭހައިން ކުރެވިގެން ވާނެ ކަމެއް ނޫނެވެ. އެއްވެސް މީހަކަށް އިސްލާމްކަމުގެ މަތިވެރި ޝަރަފު ލިބުމަށްފަހު، އޭނ އެ ދާއިރާއިން ބޭރުކުރުމަކީ، ވަރުގަދަ ހުއްޖަތާއި، ސާބިތު ހެތްކާއި، ރޯމާދުވާލު ފަދަ އަލިގަދަ ދަލީލުތަކެއް ނެތި ހަރާމް ކަމެމެވެ“ ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ މުސްލިމުން ކާފިރުކުރުމުގެ މައްސަލަ ފެށިފައިވަނީ ހިޖުރައިން ފުރަތަމަ ގަރުނުގައި ކަމަށެވެ.



