”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓު ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ގުޅިގެންނެވެ
އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ފްލެޓުތަކުގެ މަސައްކަތް ނިންމައި ހަވާލުކުުމަށް ތައްޔާރުކޮށްފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ. އަދި އެކަމާ ގޫޅޭ އެންމެހާ މުއާމަލާތްތައް ކުރިއަށް ގެންދާނީ އެފްޑީސީން ކަމަށެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް އެފްޑީއެފްސީއަށް ފޮނުވާ ފަރާތްތަކަށް އެކަން އަންގާނީ ”ގެދޮރުވެރިންގެ ޕޯޓަލް“ މެދުވެރިކޮށް ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. ޕޯޓަލް މެދުވެރިކޮށް ނާންގާ ފަރާތްތަކަށް ހައުސިން މިނިސްޓްރީން އަދި އެފްޑީސީން ނުގުޅާނެ ކަމަށާއި މެސެޖު ނުކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އެފްޑީސީން އެންމެ ފަހުން ދީފައިވާ މައުލޫމާތުގައިވާ ގޮތުގައި 4000 ފުލެޓުގެ 90 ޕަސެންޓު މަސައްކަތް ވަނީ ނިންމައިފައެވެ. އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށްވެސް އެ ޔުނިޓުތަކުން ކޮމާޝަލް ޖާގަތަކަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ މަހުގެ 29 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވެފައިވަނީ، 4،000 ފްލެޓުގެ ތެރެއިން މިހާތަނަށް އަދި ނިމިފައިވަނީ 1،000 ފްލެޓް ކަމަށެވެ. ނަމަވެސް، އެ ތަންތަނަށް ފެނާއި ކަރަންޓް ގުޅައި ނިމޭނީ ޖުލައި މަސް ތެރޭގައި ކަމަށާއި ހުރިހާ ފްލެޓެއް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަވާލު ކުރާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.




2 Comments
ގުޅުންހުރި
އާގަން ގޭސް ބަލްކުކޮށް އެތެރެކޮށް ރާއްޖޭގައި ފިލްކުރަން ފަށައިފި, ދަތިކަމަށް ނިމުމެއް
ކައިޒީން އާއި ބައްޕަގެ މައްސަލަ އަލުން ބަލަން ސިވިލް ކޯޓަށް އަންގައިފި
ވަކިކުރީ 30 އަހަރަށްވުރެ ގިނަ ދުވަހު ކަސްޓަމަށް ހިދުމަތްކުރި ވަހީދާއި ރިޔާޒު
މިދިޔަ އަހަރު ފަށާނެ ކަމަށް ބުނި ޒިކުރާ މިސްކިތުގެ މަސައްކަތް މި
ވަގު ސިނގިރޭޓް މައްސަލާގައި ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު މަގާމުން ވަކިކޮށްފި
”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފެށުމަށް 24 ގަޑިއިރުގެ ދުވުމެއް