ޖުލައި 21, 2025

ކޯމާ އެއްގައި 20 އަހަރު އޮންނެވުމަށް ފަހު ސައުދީގެ ”ސްލީޕިން ޕްރިންސް“ އަވަހާރަވެއްޖެ

ސައުދީ އަރަބިއްޔާ ގެ ”ސްލީޕިންގ ޕްރިންސް“ އަލް ވަލީދު ބިން ޚާލިދު 20 އަހަރުގެ ކޯމާ އެއްގައި އޮންނެވުމަށް ފަހު އަވަހާރަވެއްޖެ އެވެ.

ޕްރިންސް ޚާލިދު ބިން ޠަލާލް އޭނާގެ ދަރިކަލުން، ޕްރިންސް އަލް ވަލީދު ބިން ޚާލިދު ބިން ޠަލާލް، 2005 ވަނަ އަހަރު ލަންޑަނުގައި ހިނގި ނުރައްކާތެރި ޓްރެފިކް އެކްސިޑެންޓަކަށް ފަހު ގާތްގަނޑަކަށް ވިހި އަހަރު ވަންދެން ކޯމާގައި އޮންނެވުމަށް ފަހު އަވަހާރަވެއްޖެ ކަން ވަނީ އިއުލާނު ކުރައްވާފައެވެ.

ޕްރިންސް ޚާލިދު ވިދާޅުވެފައި ވަނީ އޭނާގެ ދަރިކަލުންގެ ކަށު ނަމާދު އާދީއްތަ ދުވަހު ރިޔާޟް ގެ އިމާމް ތުރުކީ ބިން ޢަބްދުﷲ މިސްކިތު ގައި ޢަޞުރު ނަމާދަށް ފަހު ކުރެވޭނެ ކަމަށެވެ.

”ސްލީޕިންގ ޕްރިންސް“ ގެ ނަމުން މަޝްހޫރު ވެފައިވާ ޕްރިންސް އަލް ވަލީދު، ކޯމާ އަކަށް ދިޔަ ޙާދިސާ އާ ކުރިމަތިވި އިރު އޭނާ ގެންދެވީ އިނގިރޭސިވިލާތުގައި ކިޔަވާ ވިދާޅުވަމުންނެވެ.

ފާއިތުވި ގާތްގަނޑަކަށް 20 އަހަރު ޕްރިންސް އަލް ވަލީދު އޮންނެވީ މެޑިކަލް ސަޕޯޓުގައި ސިއްހީ އެހީތެރިންގެ ބެލުމުގެ ދަށުގައެވެ. ކުޑަ އުއްމީދެއް ލިބުނު މަދު ހަރަކާތްތަކެއް ޕްރިންސްގެ ކިބައިން އެ ދިގު މުއްދަތުގައި ފެނުނު ނަމަވެސް، އެ މުއްދަތުގައި އޭނާ ހޭ އަރާފައެއް ނުވެއެވެ.

މި މުއްދަތުގެ ތެރޭގައި، ލައިފް ސަޕޯޓް ނެގުމަށް ޕްރިންސް ޚާލިދު ވަރަށް ބޮޑަށް އިންކާރު ކުރެއްވިއެވެ. އަދި ދިރުމާއި މަރުވުން ވަނީ ހަމައެކަނި މާތްﷲ ގެ ހަޒްރަތައް ކަމަށް ވިދާޅުވެ އެ ގޮތުގައި އޭނާ ދެމި ހުންނެވިއެވެ.

އޭނާގެ ދަރިކަލުންގެ ހާލަތާ މެދު ސައުދީ އަރަބިއްޔާ ގެ އިތުރުން ބޭރު ދުނިޔޭގައި ވެސް ވަރަށް ބޮޑު ހަމްދަރުދީ އެއް ލިބުނެވެ. އަދި މިލިއަނުން ގުނާލެވޭ މީހުން ޕްރިންސް ގެ ހާލަތު ވަރަށް ގާތުން ބަލަމުން ދިޔައެވެ.

ޕްރިންސް އަލް ވަލީދު އަވަހާރަވުމުގެ ޚަބަރު އިޢުލާނު ކުރީ ހޮނިހިރު ދުވަހުއެވެ.

2 Comments

  • Ummu Haizoom ޖުލައި 20, 2025

    ‎إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎
    ‎މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވައިދެއްވައި ރަޙްމަތްލައްވައި ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށި! އަދި މައްޔިތާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި! ކަށްވަޅުގައި މައްޔިތާއަށް ސާބިތުކަން ދެއްވާށި
    ‎ 🤲 آمیـــــــــــــن یارب العالمين

  • Mariyam Reynu ޖުލައި 20, 2025

    ‎إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎
    ‎މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވައިދެއްވައި ރަޙްމަތްލައްވައި ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށި! އަދި މައްޔިތާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި! ކަށްވަޅުގައި މައްޔިތާއަށް ސާބިތުކަން ދެއްވާށި
    ‎ 🤲 آمیـــــــــــــن یارب العالمين

Leave a Reply to Mariyam Reynu Cancel reply