އަޅުގަނޑުމެންނަކީ ފަޚުރުވެރި މިނިވަން ޤައުމެއް ކަމަށާއި މިޤައުމުގެ ކޮންމެ އަކައިންޗިއެއް ބަހަލައްޓާނީ އަޅުގަނޑުމެން އަމިއްލައަށް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިންނާއި ފުލުހުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި މިނިވަންދުވަހެއްގައި، ސިފައިންނާއި ފުލުހުން އެކުގައި ބައިވެރިވާ މިފަދަ ޖަލްސާއެއް ބޭއްވެވި ފުރަތަމަ ފަހަރެވެ.
ދިވެހި ސިފައިންނާއި ފުލުހުންނަށް ސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވާކަން ފާހަގަކުރައްވައި ރައީސުލްޖުމުހޫރިއްޔާ ވަނީ، އެކަމާ ބައެއް ފަރާތްތަކުން ސުވާލުއުފައްދަވާކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި ޤައުމު އަބަދުވެސް އޮންނަންޖެހޭނީ ރައްޔިތުން ހިމާޔަތްކުރުމަށް ތައްޔާރަށްކަމަށެވެ. ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދު ބޮޑުކަން ފާހަގަކުރައްވައި، އާބާދީ ކިތަންމެ ކުޑަނަމަވެސް ޤައުމުގެ ކަންކަން ބަލަހައްޓާނީ އަޅުގަނޑުމެން އަމިއްލައަށް ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ތަކުރާރުކޮށް ވިދާޅުވިއެވެ.
ފަންނީގޮތުންނާއި ތަކެތީގެ ގޮތުން އެހެން ޤައުމުތަކުގެ އެހީތެރިކަން ހޯއްދަވަންޖެހޭނެކަން ފާހަގަކުރައްވައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ އެކަމުގައި ސަރުކާރު އޮންނާނީ ހުރިހާ ޤައުމަކާއިވެސް އެކުގައިކަމަށެވެ. ނަމަވެސް، އެހެން ބަޔަކުއައިސް ދިވެހި ޤައުމުގެ ކަންކަމާއި ޙަވާލުވުމަކީ ސަރުކާރުގެ ސިޔާސަތެއްނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ކޮންމެ ރައްޔިތެއްގެ ހިތުގައި، ދިވެހިރާއްޖެ މިނިވަންކޮށްދެއްވުމަށް މަސައްކަތްކުރެއްވި ޤައުމީ އަބުޠާލުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއަށް ޝުކުރުވެރިވާންޖެހޭ ކަމަށާ އަންނަން އޮތް ޖީލަށް ޤައުމު މިނިވަންކަންމަތީ، ސަލާމަތްތެރިކަމާއި އެކީ ފޯރުކޮށްދެއްވުމަކީ ޒިންމާއެއް ކަމުގައި އެކަމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ މިނިވަންކަމާއެކު ދިގު މާޒީއެއް ހޭދެކުރި ޤައުމެއްކަމަށާ މިނަވަންކަން ގެއްލިގެންދިޔަ މަދުފަހަރެއްގައި، އެ މިނިވަންކަން ހޯއްދެވުމުގައި ޤައުމުގެ އަސްކަރީ ބާރާއި ސަލާމަތީ ޚިދުމަތްތަކުން ކުރެއްވި މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އެންމެ އިސްވާޖިބަކަށް ވާންޖެހޭނީ ސިފައިންނަށާއި ފުލުހުންގެ މުޢައްސަސާ ކުރިއެރުވުމަށްޓަކައި ކޮށްދޭންޖެހޭ ކަންކަމަށް އިސްކަންދެއްވުންކަން ފާހަގަކުރައްވައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ މިސަރުކާރު އެގޮތުގައި ދެމިއޮންނާނެ ކަމަށާއި އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަޚުރެއްކަމަށެވެ.

ގުޅުންހުރި
ކުރިމަގުގެ ޖީލު އެދެނީ ގާޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓުވާނެ ހިތްވަރެއް: ރައީސް
ރަމަޟާން މަހަކީ މާތް އަޚްލާޤާއި ރިވެތި އާދަތައް އަށަގެންނެވުމަށް ރަނުގެ ފުރުސަތެއްގެ
ތުޅާދޫ އެއާޕޯޓްގެ ހުވަފެން ހަގީގަތަކަށް ހަދައިދޭނަން: ރައީސް
ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު ރައީސް އުފައްދަވައިފި
މަރުވި ކުއްޖާގެ ހާލު ސީރިއަސްވެ މާލެ ގެނައުމުގެ ކަންކަން ހިނގިގޮތުގެ ތަފްސީލު
ރައީސް ޝީ ޖިންޕިން ރައީސް މުއިއްޒަށް ރަތްދޫލައިގެ ހޫނު މަރުހަބާއެއް ދަންނަވައިފި