ބެންކް އޮފް މޯލްޑިވްސް އިން އިންޑިއާ ރުޕީ އެކައުންޓް ހުޅުވޭ ގޮތް ހަދައިފި އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު މިއަދު އެކްސް ކުރި ޕޯސްޓެއްގައި ވިދާޅުވީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް، ދިވެހިންނާއި ބިދޭސީންނާއި ވިޔަފާރިތައް ވެސް ހިމެނޭ ގޮތަށް، މޯބައިލް ބޭންކިން ބޭނުންކޮށްގެން އޮންލައިންކޮށް ރުޕީ އެކައުންޓް ހުޅުވޭނެ ކަމަށެވެ.
މިކަމުގެ ސަބަބުން ބީއެމްއެލްގެ ކަސްޓަމަރުންނަށް ވިޔަފާރި އާއި އިންވެސްޓްމެންޓްގެ އާ ފުރުސަތުތައް ލިބި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުގައި ވެސް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.
https://x.com/bankofmaldives/status/1948766773517701613

އެ އެކައުންޓްތަކަށް ފައިސާ ޖަމާކުރެވޭނީ ބީއެމްއެލް ބްރާންޗްތަކުންނެވެ. އިންޑިއަން ރުޕީ 500 ގެ ނޫޓުން ފެށިގެން މަތީ އަދަދުގެ ނޫޓްތައް ޖަމާކުރެވޭނެ ކަމަށާއި އިންޑިއާ އިން ރެމިޓެންސްގެ ގޮތުގައި ގެންނަ ފައިސާ އިންޑިއަން ރުޕީ އެކައުންޓަށް ޖަމާކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި އިންޑިއާ އަށް ފައިސާ ފޮނުވުމުގައި ވެސް މި އެކައުންޓް ބޭނުންކުރެވޭނެކަމަށްވެސް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފުވިދާޅުވިއެވެ.
”ބީއެމްއެލްގައި އިންޑިއަން ރުޕީ އެކައުންޓް ހުޅުވަން ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް. ގައުމީ ބޭންކުގެ ހައިސިއްޔަތުން، އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ސަމާލުކަންދީ، ބޭންކިން ދާއިރާ އާ ހަރުފަތްތަކަށް ގެންދިޔުމުގައި އަޅުގަނޑުމެން ދެމިތިބޭނަން،“ ޝަރީފް އެކްސްގައ ވިދާޅުވި އެވެ.
މިދިޔަ އަހަރު ބީއެމްއެލުން ވަނީ އެ ބޭންކުގެ އޭޓީއެމް އަދި ޕީއޯއެސް ޓާމިނަލްތަކުގައި ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ވެސް ހަދައިފަ އެވެ.
ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (ފަވަރަ) އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅާލުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރުމާ އެކު ބީއެމްއެލްގައި އިންޑިއާ ރުޕީސް އެކައުންޓް ހުޅުވޭ ގޮތްމިހާރުވަނީ ހަމަޖެހިފައެވެ.




1 Comment
ގުޅުންހުރި
ޝަރީއަތަށް ވަޑައިނުގެންނެވޭނެކަން ޔާމީން ކޯޓަށް އެންގެވި: ވަކީލުން
އިންޒާރުދީ، ހަމަނުޖެހުން ހިންގި މައްސަލައެއްގައި ކުޑަކުއްޖަކު ހައްޔަރުކޮށްފި
އަންނަ އަހަރުގެ ބަޖެޓުގައި އެންމެ އިސްކަމެއް ދޭނީ ސިއްހީ ދާއިރާއަށް: ރައީސް
ވަގަށް ބޭރުކުރި ސިނގިރޭޓް ގެނައި ކުންފުނީގެ ހިއްސާދާރަކަށް ހިތާދޫ ދާއިރާގެ މެންބަރު
ޔާމީން ވަޑައިގެންނެވީ ދިއްދުއަށް، ކޯޓަށް ހާޒިރުނުވުމުން ފިޔަވަޅު އަޅަނީ
އަންނަ މަހުން ފެށިގެން ކައުންސިލުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ: ރައީސް